"މޮޓޯރޯލާ ރޭޒަރ ފޯލްޑް" ރަސްމީކޮށް އިންޑިއާގެ ބާޒާރަށް ނެރެފި
"މޮޓޯރޯލާ ރޭޒަރ ފޯލްޑް" ރަސްމީކޮށް އިންޑިއާގެ ބާޒާރަށް ނެރެފި
މޮޓޯރޯލާ ކުންފުނީގެ އެންމެ ފުރަތަމަ ފަތްޖަހާލެވޭ ސްމާޓްފޯނު، "މޮޓޯރޯލާ ރޭޒަރ ފޯލްޑް" ރަސްމީކޮށް އިންޑިއާގެ ބާޒާރަށް ނެރެފިއެވެ.

13 މޭ 2026 ވީ ބުދަ ދުވަހު ތަޢާރަފުކުރި މި ފޯނަކީ، ލަގްޒަރީ ފޯނުތަކުގެ ބާޒާރުގައި ސެމްސަންގް ޒީ ފޯލްޑް 7، ގޫގުލް ޕިކްސެލް 10 ޕްރޯ ފޯލްޑް އަދި ވީވޯ އެކްސް ފޯލްޑް 5 ފަދަ ފޯނުތަކާ ވާދަކުރާނެ ވަރުގަދަ އުފެއްދުމެކެވެ.

މި ފޯނުގެ ބޭރު ސްކްރީނުގައި 165 ހާރޓްޒްގެ ރިފްރެޝް ރޭޓާއެކު 6.6 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭއިރު، މީގެ ބްރައިޓްނަސް 6،000 ނިޓްސް އަށް އަރައެވެ. ފޯނު ހުޅުވާލުމުން ފެންނަ 8.1 އިންޗީގެ މައި އެލް.ޓީ.ޕީ.އޯ ޑިސްޕްލޭއަކީ 120 ހާރޓްޒްގެ ރިފްރެޝް ރޭޓެއް އެކުލެވޭ، 6،500 ނިޓްސްގެ ބްރައިޓްނަސް ލިބިގެންވާ ސްކްރީނެކެވެ. "ގޮރިއްލާ ގްލާސް ސެރަމިކް 3" އިން ފޯނުގެ ފަހަތް ރައްކާތެރިކޮށްދީފައިވާއިރު، މި ފޯނުގެ ބަރުދަނަކީ 240 ގްރާމެވެ. މި ފޯނުގައި ހިމެނެނީ 6،000 އެމް.އޭ.އެޗް (މާހ) ގެ ސިލިކަން-ކާބަންގެ ބާރުގަދަ ބެޓެރީއެކެވެ.

ފޯނާއެކު 90 ވޮޓުގެ ޗާޖަރެއް ލިބޭއިރު، 50 ވޮޓުގެ ވަޔަރލެސް ޗާޖިންގް އަދި 5 ވޮޓުގެ ރިވާސް ޗާޖިންގް އަށް މި ފޯނު ސަޕޯޓް ކުރެއެވެ. މީގެ އިތުރުން، ފެނާއި ހިރަފުހުން ރައްކާތެރިވުމަށްޓަކައި އައި.ޕީ.48 އަދި އައި.ޕީ.49 ގެ ރޭޓިންގް މި ފޯނަށް ވަނީ ލިބިފައެވެ.

ފޯނުގެ ހާޑްވެއަރ އަށް ބަލާއިރު، މީގައި ބޭނުންކޮށްފައިވަނީ އެންމެ ފަހުގެ "ސްނެޕްޑްރެގަން 8 ޖެން 5" ޕްރޮސެސަރެވެ. އަދި 16 ޖީބީއާ 128 އެމްބީ އާއި 12 ޖީބީ 512 ގެ ސްޓޯރޭޖް އިން ލިބެން ހުންނާނެއެވެ.

ކެމެރާ ސިސްޓަމަށް ބަލާއިރު، ފޯނުގެ ފަހަތު ކެމެރާ 50 މެގަޕިކްސެލްގެ ތިން ކެމެރާ ހިމެނެއެވެ. އޭގެ ތެރޭގައި ސޮނީ ލައިޓް 828 ސެންސަރުގެ އިތުރުން، 3 އެކްސް އޮޕްޓިކަލް ޒޫމް ލިބިދޭ ޕެރިސްކޯޕް ލެންސަކާއި އަލްޓްރާވައިޑް ލެންސެއް ހިމެނެއެވެ. ސެލްފީ ނެގުމަށްޓަކައި މައި ސްކްރީނުގައި 32 މެގަޕިކްސެލްގެ ކެމެރާއެއް އަދި ބޭރު ސްކްރީނުގައި 20 މެގަޕިކްސެލްގެ ކެމެރާއެއް ވަނީ ހަރުކޮށްފައެވެ.

އިންޑިއާގެ ބާޒާރުގައި މި ފޯނުގެ އަގުތައް އުޅެނީ:

* 12 ޖީބީ ރޭމް + 256 ޖީބީ ސްޓޯރޭޖް: 1566 ޑޮލަރު

* 16 ޖީބީ ރޭމް + 512 ޖީބީ ސްޓޯރޭޖް : 1668 ޑޮލަރު

ފީފާ ވޯލްޑް ކަޕް 26 ބްލެކް އެޑިޝަން : 1772 ޑޮލަރު.

މި ފޯނު އާންމުކޮށް ލިބެން ހުންނާނީ "ޕެންޓޯން ބްލެކެންޑް ބްލޫ" އަދި "ލިލީ ވައިޓް" ކުލައިގައެވެ.



ކިޔުންތެރިންގެ ހިޔާލު