ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި ގޮތަށް ނިންމީ އިންތިޚާބުގައި ބާތިލުކުރި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެން، ވާދަކުރި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުންނެވެ.
މި އިންތިޚާބުގެ ފުރަތަމަ ނަތީޖާ ދެއްކި ގޮތުން، 393 ވޯޓާ
އެކު މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދަށް އޭރު ލިބުނީ 392 ވޯޓެވެ. ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިފައިނުވާ މީހަކު ވޯޓުލާފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެއް ވޯޓު ބާތިލުކުރުމުން، ދެ ކެންޑިޑޭޓުންގެ ވޯޓު 392 އިން އެއްވަރުވިއެވެ.
މައްސަލަ އިތުރަށް ގޯސްވީ، ވޯޓު ގުނުމުގައި ހުރި ހިތްހަމަނުޖެހުންތަކަކާ ހުރެ އަލުން ވޯޓު ގުނިއިރު ސުހާގެ އިތުރު ވޯޓެއް ބާތިލުވުމުންނެވެ. އެއާއެކު ޝާހިދަށް 392 ވޯޓު އަދި ސުހާއަށް 391 ވޯޓު ލިބި، ޝާހިދު އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ބެލެވުނެވެ.
ނަމަވެސް ބާތިލުކުރި ވޯޓުތަކުގެ މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން، ކޯޓުން ނިންމީ ބާތިލުކުރި ވޯޓުތަކުގެ ތެރެއިން ވޯޓެއް ސައްހަ ކަމަށެވެ. މި ހުކުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އަލުން ވަނީ އެއްވަރުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކަށް ފަހު، އަންނަ މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގައި ވާދަކުރާނީ ޝާހިދާއި ސުހާ އެކަންޏެވެ. ވޯޓުލުމުގެ ކަންކަން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ދުވަހުގެ ޖެހިގެން އަންނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު