ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ގެންގުޅޭ އުސޫލުތަކާ މެދު ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެ، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ އިތުބާރަށް ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. ރިޕޯޓްތައް ބުނާގޮތުން، އެއްވެސް ތައުލީމެއް، ތަމްރީނެއް ނުވަތަ އިމްތިހާނެއް ފުރިހަމަކުރުމެއް ނެތް، ހަމައެކަނި ފައިސާ ދީގެން ހޯދާފައިވާ ކަމަށް ބެލެވޭ ހޮންޑިއުރަސްގެ "ސެޓުފިކެޓް އޮފް ކޮމްޕިޓެންސީ" (ސީއޯސީ) ތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދަނީ ރެކޮގްނިޝަން އެންޑޯޒްމަންޓް ދޫކުރަމުންނެވެ.
މި އަމަލަކީ ގާބިލު ދިވެހި ފަޅުވެރިންގެ ވަޒީފާގެ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމެއްގެ އިތުރުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ތިމާވެށި ހިމާޔަތްކުރުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދިދައިގެ އަބުރަށް އޮތް ނުރައްކާތެރި ބިރެކެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން
ދިވެހިރާއްޖެއަކީ ކަނޑުދަތުރުކުރާ ފަރާތްތަކުގެ ތަމްރީނާއި، ސެޓުފިކެޓު ދިނުމާއި، ވޮޗްކީޕިންގްއާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އެސް.ޓީ.ސީ.ޑަބްލިއު) ގައި ސޮއިކޮށްފައިވާ ގައުމެކެވެ. މި މުއާހަދާގެ ރެގިއުލޭޝަން (I/10) ގައި ބުނާގޮތުން، ބޭރު ގައުމެއްގެ ސީއޯސީ އެއް ބަލައިގަންނަންވާނީ، އެ ގައުމެއްގެ ތަމްރީނާއި ސެޓުފިކެޓު ދިނުމުގެ މިންގަނޑުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެއްޗެއްކަން ކަށަވަރުކުރުމަށްފަހުގައެވެ.
ހޮންޑިއުރަސްއަކީ އައި.އެމް.އޯ ގެ "ވައިޓް ލިސްޓް" ގައި ހިމެނޭ ގައުމެއް ނަމަވެސް، އެ ގައުމުން ދޫކުރާ ބައެއް ސެޓުފިކެޓުތަކަކީ ފައިސާ ދީގެން ގަންނަ "ޕޭޕަރ މިލް" ސެޓުފިކެޓުތަކެއްކަން ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ހާމަވެފައެވެ. މި ސަބަބަށްޓަކައި، ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ސިންގަޕޫރު، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، މެލޭޝިއާ އަދި ޕާކިސްތާނުން ހޮންޑިއުރަސްގެ ސެޓުފިކެޓުތައް ބަލައެއް ނުގަނެއެވެ. ނަމަވެސް ރާއްޖެއިން މިފަދަ ސެޓުފިކެޓުތައް އެންޑޯޒް ކުރަމުން ދިއުމަކީ ޒިންމާދާރު ފްލެގް ސްޓޭޓެއްގެ ހައިސިއްޔަތުން ރާއްޖެ ފެއިލްވެ، ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވަމުންދާ ކަމުގެ ހެއްކެކެވެ.

ދިވެހިންނަށް ލިބޭ އިގްތިސާދީ ބޭއިންސާފު:
މި މައްސަލައިގައި އެންމެ ބޮޑު ހިތާމައަކީ ދިވެހި މަސައްކަތްތެރިންނަށް ލިބޭ ގެއްލުމެވެ. ދިވެހި ދަރިން އެތައް އަހަރެއްގެ ތަމްރީނާއި ބުރަ މަސައްކަތުން ހޯދާ ސެޓުފިކެޓުތަކުގެ ބަދަލުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުޅަނދުފަހަރުގައި ވަޒީފާ ދެމުންދަނީ މިފަދަ "ގަނެފައިވާ" ސެޓުފިކެޓުތައް ހިފައިގެން ތިބޭ ބޭރު މީހުންނަށެވެ.
މިއަށްވުރެ ބޮޑު ކަންބޮޑުވުމަކީ، މިގޮތަށް ވަޒީފާދޭ ބޭރުގެ "އޮފިސަރުންނަށް" ދިވެހި އޮފިސަރުންނަށްވުރެ މަހަކު އެތައް ހާސް ރުފިޔާއެއް އިތުރަށް މުސާރައިގެ ގޮތުގައި ދެމުންދާ ކަމުގެ ރިޕޯޓްތަކެވެ. މިއީ ދިވެހިންގެ ގާބިލުކަން ކުޑަކޮށް، ވަގު ސެޓުފިކެޓު ހިފައިގެން ތިބޭ މީހުންނަށް އިސްކަންދޭ ބޭއިންސާފު ނިޒާމެކެވެ.
"ބްލެކްލިސްޓް" ވުމުގެ ބިރު: ދައުލަތެއްގެ ދިދައިގެ އިތުބާރަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި އެންމެ އަގުބޮޑު ރައުސްމާލެވެ. މި ދާއިރާގެ ބެލެހެއްޓުން ދޯދިޔާވެ، ވަގު ސެޓުފިކެޓުތަކަށް ފުރުސަތު ދޭނަމަ އޭގެ ނަތީޖާ ހިތިވާނެއެވެ.
ޕޯޓް ސްޓޭޓް ކޮންޓްރޯލް (ޕީ.އެސް.ސީ) އިން ފިޔަވަޅު އެޅުން: ދިވެހި ދިދަ ޖަހާފައިވާ އުޅަނދުތައް ބައިނަލްއަގުވާމީ ބަނދަރުތަކުން "ރެޑް-ފްލެގް" ކުރެވި، ތަކުރާރުކޮށް ހިފަހައްޓާނެއެވެ.
ސަލާމަތީ އަދި ތިމާވެށީގެ ކާރިސާތައް: އެކަށީގެންވާ ތަމްރީނެއް ނެތް މީހަކާ މިލިއަނުން އަގުހުރި އުޅަނދެއް ހަވާލުކުރުމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޮތް ބޮޑު ނުރައްކަލެކެވެ.
އިންޝުއަރެންސް އަގު ބޮޑުވުން: ދިވެހި ދިދައިގެ ފެންވަރު ދަށަށް ގޮސްފިނަމަ، އިންޝުއަރެންސްގެ އަގު އިންތިހާއަށް އުފުލި، އުޅަނދުތަކުގެ ވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެއެވެ.
އަވަސް އިސްލާހީ ބަދަލަކަށް ގޮވާލުން: ދިވެހި ދިދައިގެ އިތުބާރު ހިފެހެއްޓުމަކީ ގައުމީ ވާޖިބެކެވެ. އެހެންކަމުން، *މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނަ* ށް ތިރީގައިވާ ކަންކަން ވަގުތުން ކުރުމަށް އިލްތިމާސްކުރަމެވެ.
އެންޑޯޒްމަންޓް ދޫކުރުން ހުއްޓާލުން: ހޮންޑިއުރަސް ސީއޯސީ އަށް އެންޑޯޒްމަންޓް ދޫކުރުން ވަގުތުން ހުއްޓާލައި، މިހާރު ދޫކޮށްފައިވާ ހުރިހާ އެންޑޯޒްމަންޓްތަކެއްގެ ފެންވަރު ބެލުމަށް އޮޑިޓެއް ހިންގުން.
ފެންވަރު ކަށަވަރުކުރުން: ދިވެހި އުޅަނދުތަކުގައި މަސައްކަތްކުރާ ބޭރު މީހުންނަކީ އިނގިރޭސިވިލާތް ނުވަތަ އިންޑިއާ ފަދަ މަތީ ފަންތީގެ ތައުލީމީ ނިޒާމެއް އޮންނަ ގައުމެއްގެ ސެޓުފިކެޓު އޮތް ބަޔަކަށް ހެދުން.
ދިވެހިންނަށް އިސްކަންދިނުން: ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިވެހި ފަޅުވެރިންނަށް އިސްކަންދީ، ހަމަހަމަ އަދި އިންސާފުވެރި މުސާރައެއް ކަށަވަރުކޮށްދިނުން.

ދިވެހިރާއްޖެއަކީ "ބްލޫ އިކޮނޮމީ" ގެ ލީޑަރަކަށް ވާން ބޭނުންވާ ގައުމެކެވެ. ވަގު ސެޓުފިކެޓު ހިފައިގެން ތިބޭ ބަޔަކާ އުޅަނދުފަހަރު ހަވާލުކޮށްގެން އެ އަމާޒަށް ވާސިލެއް ނުވެވޭނެއެވެ. މިއީ އަޅުގަނޑުމެންގެ ކަނޑުތަކާއި، އަބުރާއި، ރައްޔިތުން ހިމާޔަތްކުރަންވީ ވަގުތެވެ.

ކިޔުންތެރިންގެ ހިޔާލު