ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރަކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ވ. އަލިމަތާ ކައިރިން މި ޑައިވަރުން ގެއްލިފައިވަނީ، ރާއްޖޭގެ ޑައިވިން ގަވައިދުގައި ކަނޑައަޅާފައިވާ އެންމެ ފުންމިން ކަމަށްވާ 30 މީޓަރަށްވުރެ މާ ފުނަށް ގޮސް، 60 މީޓަރު އަޑީގައި އޮންނަ ހޮހަޅައަކަށް (ކޭވް އަކަށް) ފީނުމުގެ ތެރޭގައެވެ.
މި މީހުން ހޯދުމަށް ސިފައިން ކުރަމުންދިޔަ އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލާފައިވަނީ، އެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ (44އ) ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވުމާ ގުޅިގެންނެވެ.
ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ، އިޓަލީ ސަރުކާރުގެ ހުށަހެޅުމަކަށް ބޭނުންވާ ސާމާނާއެކު ރާއްޖެ އައި ފިންލޭންޑުގެ މި ޓީމުގައި ކޭވް ޑައިވިންއަށް ހާއްސަ މާހިރަކު ވެސް ހިމެނެއެވެ. އިޓަލީގެ ކުންފުންޏެއްގައި މަސައްކަތްކުރާ މި ޓީމުން ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަންގެ ކަންކަން ކުރިއަށް ގެންދާނީ އެމްއެންޑީއެފްއާ ގުޅިގެންނެވެ.
މީގެ އިތުރުން، މި އޮޕަރޭޝަނަށް އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަމާއެކު އަލުން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު