އައްޑޫ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް، ކުރީ ދައުރުގައިވެސް އެ މަގާމު ފުރުއްވި ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު މިއަދު އިންތިހާބުކޮށްފިއެވެ.
ޝުއާއު މި މަގާމަށް އިންތިހާބު ކުރީ މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ހަމައެކަނި ޝުއާއު އެވެ. ޝުއާއު އަކީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައިވެސް ޑެޕިއުޓީ މޭޔަރުގެ މަގާމު ފުރުއްވާފައިވާ ފަރާތެވެ.
އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި މޭޔަރާއި ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލުގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ޝުއާއު ވަނީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ކާމިޔާބު ކުރަށްވާފައެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މޭޔަރާއެކު ޖުމްލަ 10 މެންބަރުން ހިމެނެއެވެ. މިފަހަރުގެ ދައުރަށް ހޮވުނު ކައުންސިލަރުންގެ ތެރެއިން މޭޔަރު ހިމެނޭ ގޮތަށް 6 ބޭފުޅުންނަކީ މީގެ ކުރީ ދައުރުގައިވެސް ކައުންސިލްގައި ހިމެނިވަޑައިގެންނެވި، ބޭފުޅުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް، އިންތިޚާބު ކޮށްފައިވަނީ، އިދިކޮޅު އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދެވެ.
މިފަހަރު މާލޭ ސިޓީ ކައުންސިލުގައި މޭޔަރުގެ އިތުރުން، ޖުމުލަ 18 ކައުންސިލަރަކު ތިއްބަވައެވެ. އޭގެ ތެރެއިން 16 ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު، ދެ ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ.
ފުވައްމުލަށް ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް މިސްކިތްމަގު ކައުންސިލް މެންބަރު މުހައްމަދު ޟިރާރު އިންތިހާބުވިއިރު، ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އިންތިހާބުވީ އަހްމަދު އަބްދުﷲ އެވެ.

ކިޔުންތެރިންގެ ހިޔާލު