ގައުމުގެ މާލީ ރައްކާތެރިކަމާއި ހަގީގީ ވިލުންވެރިކަން ކަށަވަރު ކުރެވޭނީ، ހަމައެކަނި ވަގުތީ ގޮތުން އަދާކުރަންޖެހޭ ޒިންމާތަކެއް ނިންމައިލުމުގެ ބަދަލުގައި، ދުރުވިސްނުމާ އެކު ދައުލަތުގެ ފައިސާ ބަލަހައްޓައި އަދި ހަރުދަނާ ޖަވާބުދާރީވުމުގެ ނިޒާމެއް ގާއިމުކޮށްގެން ކަމަށް މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ އިގުތިސާދަށް އަންނަ ކުއްލި ލޮޅުންތަކުން ސަލާމަތްވެ ތިބެވޭނީ އިތުބާރު ހުރި މާލީ ހިސާބުތަކާއި ހަރުދަނާ ބިންގަލެއްގެ މައްޗަށް ކަންކަން ރޭވިގެން ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި ގައުމެއްގެ އިގުތިސާދު ކުރިއަރައި ދިއުމުގެ އެންމެ މުހިންމު އަސާސަކީ އަމާނާތްތެރިކަމާއި، ޒިންމާދާރުކަން އަދި ލިބިފައިވާ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ހުރިހާ ކަމެއްގެ މައިބަދައަކީ ފަންނީ އެކައުންޓެންސީ ދާއިރާ ކަމަށް ވިދާޅުވިއެވެ. އެކައުންޓިންގގެ ދައުރަކީ ހަމައެކަނި އަދަދުތަކެއް އެއްކޮށް އަނެއްކުރުން ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިއީ ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމުމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓައި މުޅި ގައުމީ އިގުތިސާދު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ތަނބު ކަމަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ ނާޒުކު އިގުތިސާދެއް އޮތް ގައުމަކަށް މި ދާއިރާގެ ނަޒާހަތްތެރިކަން ނުހަނު ބޭނުންތެރި ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތީ އިގުތިސާދީ ގޮތުން ދައުލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ދަރަނި ކުޑަކުރުމުގެ ހަރުދަނާ އަޒުމަކާއެކުކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ 1.4 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ދަރަންޏެއް ކާމިޔާބުކަމާއެކު ދައްކައި ހަލާސްކޮށްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި ދައުލަތުގެ ދަރަނި އެންމެ ބޮޑަށް ހަލާސްކުރެވުނު ފަހަރެވެ. އަދި ސަރުކާރުގެ މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިންގ އެޖެންސީތައް ކަމަށްވާ މޫޑީސް އާއި ފިޗް އިން ރާއްޖޭގެ ރޭޓިންގ މަތިކޮށްދީފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ އެކައުންޓެންޓްސް ފޯރަމްގެ ޝިއާރު ކަމަށްވާ "ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެސިލިއަންސް" ނުވަތަ ބަދަލުތަކާއެކު ކުރިއަރައިދިއުމާއި ވިލުންވެރިކަން އުފެއްދުމަކީ، މިހާރުގެ ސަރުކާރުން އިގުތިސާދު ހަމަމަގަށް އެޅުވުމަށް ގެންގުޅޭ ސިޔާސަތުތަކާ ނުހަނު ގުޅޭ މައުޟޫއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ޒަރީރު ވިދާޅުވީ، މިފަދަ ފޯރަމްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް ލޯހުޅުވި، އެކައުންޓިންގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ގައުމީ ތަރައްގީގައި މި ދާއިރާގެ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު