ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަގާމުތަކާ ހަވާލުވެވަޑައިގަތް ހުރިހާ ކައުންސިލަރުންނަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ސިޓީތަކުގެ މޭޔަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
މިއަދަކީ ލާމަރުކަޒީ ދިވެހިރާއްޖޭގެ ހަޔާތުގައި އުފާވެރި ދުވަހެއްގެ ގޮތުގައި ސިފަކުރައްވަމުން މީކާއިލް ވިދާޅުވީ، ދިވެހިރާއްޖެ ކުރިއަށްދާނީ ސިޓީތަކަށާއި ރަށްތަކަށް ބާރުތައް އިތުރަށް ދޫކޮށް، އެ ދާއިރާތަކުގެ ރައްޔިތުން އެދޭގޮތަށް ތަރައްގީގެ މަސައްކަތްތައް ހިންގައިގެން ކަމަށެވެ.
އަދި އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖެއަށް ތައާރުފްކުރި ޕާޓީކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެ ނިޒާމު އިތުރަށް ފުރިހަމަކުރާނެ ޕާޓީއަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން މަގާމަށް ކުރިމަތިލެއްވީ އޭނާ ނިސްބަތްވާ ޕާޓީގެ ހިންގުން އިތުރަށް ލާމަރުކަޒުކޮށް، ރާއްޖޭގެ އެހެން މުއައްސަސާތަކަށް ނަމޫނާއަކަށް ވުމަށެވެ.
އަދި އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދީ، ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްގެންދިޔުން ކަމަށްވެސް މީކާއިލްގެ ފޭސްބުކް ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު