ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމް
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް، އެ މަޤާމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހަދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕާޓީގެ އެންމެ އިސް އިދާރީ މަޤާމެއްގައި ހުރެ ރިޔާސީ ޕްރައިމެރީއެއްގައި ވާދަކުރުމަކީ އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅިދާނެ ކަމެކެވެ.





މީގެ އިތުރުން މީކާއީލް ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމެރީއަކީ އެންމެހައި މެންބަރުންނަށް އިތުބާރު ހުރި އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އޭނާގެ ލީޑަރޝިޕްގެ ދަށުން ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަކީ ޕާޓީގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން، އޭނާ ވަނީ "އިތުބާރު" އަދި "ވޯޓް މީކާއީލް" ހޭޝްޓެގްތަކާއެކު ކެމްޕޭން ވަރުގަދަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު