ވ. އަތޮޅުގެ ފުން ކަނޑުއަޑީގެ ހޮހަޅައެއްގައި މަރުވެފައި ތިއްބާ ފެނުނު އިޓަލީގެ ހަތަރު ޑައިވަރުން ބޭނުންކުރި ޑައިވިންގ ސާމާނަކީ އެފަދަ ނުރައްކާތެރި މާހައުލަކަށް އެންމެ އެކަށީގެންވާ ތަކެތި ނޫން ކަމަށް، އެ މީހުން ހޯދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރު ސާމީ ޕަކަރިނެން ބުނެފިއެވެ.
އިޓަލީގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޕަކަރިނެން ބުނީ، ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓު) ފުން މި ހޮހަޅައިގެ އެއް ސަރަހައްދަކުން ހަތަރު މީހުންގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި އެ ސަރަހައްދަކީ އިންތިހާއަށް ފުން، އަދި ޑައިވް ކުރަން ވަރަށް ބޮޑަށް ދަތި އުނދަގޫ ތަނެކެވެ.
މި ހާދިސާއަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި ޑައިވިންގ ހާދިސާ ކަމަށް ބެލެވޭއިރު، ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ރެސްކިއު ޑައިވަރަކު ވެސް ވަނީ މި ހިތާމަވެރި ހާދިސާ ގައި ފުރާނަ ދޫކޮށްފައެވެ.
ޕަކަރިނެން ފާހަގަކުރި ގޮތުގައި، އެ ޑައިވަރުން ހޮހަޅައިގެ ތެރެއަށް ވަދެފައިވަނީ އެފަދަ ތަންތަނުގައި ބޭނުންކުރަންޖެހޭ ސަލާމަތީ ރޯނު (ގައިޑް ރޯޕް ނުވަތަ ރީލް) ފަދަ ވަސީލަތްތަކާ ނުލައެވެ. "އާންމު ގޮތެއްގައި ހޮހަޅައަށް ވަންނައިރު ސަލާމަތީ ރޯނު ބޭނުންނުކުރުމަކީ ބުއްދިވެރި ކަމެއް ނޫން. ހޮހަޅައިގައި ހިނގާ ގިނަ ހާދިސާތަކުގެ އަސްލަކީ އިންސާނީ ގޯސްތައް،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، އެ މީހުން ބޭނުންކޮށްފައިވަނީ ހޮހަޅައަށް ޑައިވް ކުރާއިރު ބޭނުންކުރާ ހާއްސަ އިކުއިޕްމަންޓްތައް ނޫން ކަމަށާއި، ފެނުނު ސާމާނަކީ އެ ހާލަތަށް އެންމެ އެކަށީގެންވާ ތަކެތި ނޫން ކަމަށެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަންނާނީ ތަހުގީގަށް ފަހު ކަމަށް އޭނާ ބުންޏެވެ.
މަރުވި ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ހޮނިހިރު ދުވަހު އިޓަލީއަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު