މޯލްޑިވްސް ލެޖެންޑް ލިވްއެބޯޑް އަދި އިންފިނިޓީ އެކްސްގެ ޑައިވިންގ ޓީމުތަކުގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެކަން ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތަޙުޤީޤުކުރުމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން ގޮވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައެވެ. ކަނޑުގެ 18 މީޓަރު އަޑީގައި ބޭރުގެ ޑައިވަރަކު ޗައިނާގެ އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައި ކޮއްޕައި، އޭނާގެ އޮކްސިޖަން މާސްކު ދަމައިގަންނަން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފުތާގައި ވަނީ އާންމުވެފައެވެ.
މި ހާދިސާގެ ވީޑިއޯތަކާއި މަޢުލޫމާތު ސޯޝަލް މީޑިއާ އާއި ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ އެކަމާ ގުޅިގެން އެން.ބީ.އޭ.އެމް އިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށާއި، މިކަމުގައި އެއްވެސް ފަރާތަކުން ހިންގާފައިވާ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ވާނަމަ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއިން އެކަން ދެނެގަނެ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ކަމާބެހޭ އިދާރާތަކުން ހާމަކަން ބޮޑު ތަޙުޤީޤެއް ހިންގުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. އަދި ތަޙުޤީޤު ނިމުމުގެ ކުރިން، ކަން ހިނގި ގޮތާމެދު އަމިއްލައަށް ގޮތް ނިންމުމާއި، އެކަކު އަނެކަކަށް ތުހުމަތުކޮށް ސިނާއަތުގެ ތެރޭގައި ފިތުނަ އުފެދޭނެ ފަދަ ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައިވެއެވެ. މީގެއިތުރުން، ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބުން މުޅި ރާއްޖޭގެ ބޯޓިންގ އަދި ޑައިވިންގ ދާއިރާގެ އަގު ވައްޓާލައި، ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ސިފަކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ހާދިސާއާ ގުޅުވައިގެން އެން.ބީ.އޭ.އެމް އިން ވަނީ ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން ވިޔަފާރި ހިންގުމުގައި ދިވެހިންގެ ހަޤީޤީ ބައިވެރިވުން އޮންނަ މިންވަރާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން "އިންފިނިޓީ އެކްސް" އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓްކުރުމަށްފަހު، ރާއްޖޭގެ ޤަވާޢިދުތަކަށް އައި ބަދަލުތަކާ ގުޅިގެން ދިވެހި ކުންފުންޏެއްގެ ދަށަށް ބަދަލުކޮށްފައިވާ އުޅަނދެއް ނަމަވެސް، އެ އުޅަނދު ހިންގުމުގައި ދިވެހިންގެ ހަޤީޤީ ބައިވެރިވުމާއި ކޮންޓްރޯލް އޮތް މިންވަރާމެދު ވަނީ ސުވާލު އުފައްދާފައެވެ. އެހެންކަމުން ދިވެހި ވިޔަފާރިތަކަށް ލިބޭ ރައްކާތެރިކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ބޭރުގެ މަސްލަހަތުތަކުން ފޮރުވިގެން ތިބެ ވިޔަފާރި ހިންގުމަށް ފުރުޞަތު ނުދިނުމަށާއި، މިފަދަ ކުންފުނިތަކުގެ މިލްކުވެރިކަން ދިރާސާކުރުމަށް އެން.ބީ.އޭ.އެމް އިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، "އިންފިނިޓީ އެކްސް" ގެ ކެޕޭސިޓީއާ މެދުވެސް އެން.ބީ.އޭ.އެމް އިން ވަނީ ސުވާލުތަކެއް އުފައްދާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑްތަކުގައި "ގޯލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މި އުޅަނދުގައި ހުރީ 20 ކޮޓަރިއާއި 40 އެނދު ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ބައިނަލްއަޤުވާމީ ބުކިންގ ޕްލެޓްފޯމެއް ކަމަށްވާ "ލިވްއަބޯޑް.ކޮމް" ގައި އިޝްތިހާރުކޮށްފައިވަނީ 19 ކޮޓަރިއާއި 30 ފަތުރުވެރިންގެ ޖާގަ އޮންނަ އުޅަނދެއްގެ ގޮތުގައެވެ. މި ފަރަގުތައް ސާފުކޮށްދީ، ހުރިހާ އުޅަނދަކުންވެސް ސަލާމަތީ މިންގަނޑުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ވަނީ ގޮވާލާފައެވެ.
އެން.ބީ.އޭ.އެމް އިން އިތުރަށް ބުނީ، ދިވެހިރާއްޖޭގެ ބޯޓިންގ ސިނާއަތަކީ ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ ދާއިރާއެއް ކަމަށެވެ. އެހެންކަމުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރި ހުރަސްތަކުން ރެކުމަށް ހަދާ އެކި އިންތިޒާމުތަކުން ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމަކީ ރާއްޖޭގެ އިޤްތިޞާދާއި ދިވެހިންގެ ވަޒީފާތަކުގެ ދިފާޢުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އަދި ބޯޓިންގ އާއި ޑައިވިންގ ދާއިރާގެ ސަލާމަތީ ފިޔަވަޅުތަކާއި ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ހާމަކުރަމުން، ޤަވާޢިދުތަކުގެ ތެރޭގައި ހުރި ބޯހޯދޭނެ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން މުޅި ސިނާއަތުގެ އަގުވައްޓާލަން އެއްވެސް ފަރާތަކަށް ޖާގަ ނުދިނުމަށް އެން.ބީ.އޭ.އެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު