ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ބަސްފުޅުތަކެއްގެ ހަނދާން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކަށިކެޔޮ ގަނޑެއް ހިފައިގެން ހުންނެވި ފޮޓޯއަކުން އާވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުގެ ކުރިން ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ތަކުރާރުކޮށް ހަރުއަޑުން ވިދާޅުވެފައެވެ.
އެގޮތުން ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅެއް ނިންމަވާލައްވަމުން ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީ ރޫޅާލާނެ ކަމަށާއި، އެ ކެޔޮގަނޑުގެ ފޫވައް މިހާރު ވެއްޓިފައިވާ ކަމަށެވެ. އަދި "ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން" މިހެން ގިނަ ފަހަރުތަކެއްގެ މަތިން ތަކުރާރު ކުރައްވައި އެމަނިކުފާނު އޭރު ވަނީ ބަހުގެ ހަމަލާތަކެއް އެމްޑީޕީއަށް އަމާޒުކުރައްވާފައެވެ.
މީގެ އިތުރުން، އެމްޑީޕީން މުޅިން ވަކިވެވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ރައީސް ނަޝީދު ވަނީ އެ ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވެ، ޕާޓީގެ ލީޑަޝިޕާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
ނަމަވެސް މީކާއިލްގެ މި ފޮޓޯއާއެކު ގިނަ ބައެއްގެ ސަމާލުކަން އަނެއްކާވެސް ހުއްޓިފައިވަނީ، ކަށިކެޔޮ ގަނޑެއްގެ މިސާލު ޖައްސަވައި އެމްޑީޕީ ރޫޅާލާނެ ކަމަށް ބުނެ ނަޝީދު ދެއްކެވި ހަރުކަށި ވާހަކަފުޅުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު