އިންޑިއާގެ ދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޯނުން ވާހަކަދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބައިވެރިވެވަޑައިގެންނެވި މި ހަފުލާއަކީ އެމެރިކާގެ މިނިވަންކަމުގެ އިޢުލާނަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި ބޮޑުވަޒީރު މޯދީއަކީ އެމަނިކުފާނުގެ ގާތް އެކުވެރިއެއް ކަމަށާއި، މޯދީގެ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާގެ ސަފީރު ސާޖިއޯ މެދުވެރިކޮށް، ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް ޓްރަމްޕް ވަނީ މޯދީއަށް ރަސްމީކޮށް ދައުވަތު އަރުވާފައެވެ.
އެމެރިކާގެ އިމިގްރޭޝަން ސިޔާސަތަށް ގެނައި ބަދަލުތަކަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ އިންޑިއާއާއި އެމެރިކާގެ ގުޅުން މިހާރު އޮތީ މީގެ ކުރިން ދުވަހަކުވެސް ބަދަހިނުވާހާ ވަރުގަދަކޮށް ކަމަށެވެ. "އިންޑިއާއަށް ބޭނުންވާ ކޮންމެ ކަމެއްގައި އެމެރިކާގެ ސައްތަ އިންސައްތަ އެހީތެރިކަން ލިބޭނެ. އަދި އެމެރިކާގެ އިޤްތިސާދާއި ހިއްސާގެ ބާޒާރު މިހާރު އޮތީ ރެކޯޑް މިންވަރަކަށް ކުރިއަރާފައި،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، މާކޯ ރޫބިއޯއަކީ އެމެރިކާގެ ތާރީޚުގައިވެސް ފެނުނު އެންމެ ކާމިޔާބު ސެކްރެޓަރީ އޮފް ސްޓޭޓް ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. ރޫބިއޯ ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައި، ވިޔަފާރި، ހަކަތަ، އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އައު އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަން ފާހަގަކުރައްވަމުން ރޫބިއޯ ވިދާޅުވީ، މިއީ ދެޤައުމަށްވެސް ފައިދާހުރި އަދި ދެމެހެއްޓެނިވި އެއްބަސްވުމަކަށް ވާނެ ކަމަށެވެ. އަދި އެމެރިކާގެ ވިޔަފާރީގެ ސިޔާސަތުތަކަކީ ހަމައެކަނި އިންޑިއާއަށް އަމާޒުކޮށްފައިވާ ކަންކަން ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގައި އިންސާފުވެރި ވިޔަފާރީގެ ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު