އަނިޔާވެރި ގޮތަކަށް އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ ޢުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު ޤަސްދުގައި މަރާލި ޝާ އަލޮމް މިއާ މެރުމަށް ކްރިމިނަލް ކޯޓާއި، ހައިކޯޓުން ނިންމާފައިވާ ހުކުމުގެ ނިހާއީކަން ކަށަވަރު ކުރުމަށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ދައުލަތުން ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅީ މިދިޔަ ހަފުތާގައެވެ.
ޝާ އަލޮމް މިއާގެ އިޢުތިރާފުގެ މައްޗަށް ބުރަވެ އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް މަހްމޫދުގެ ހުރިހާ ވާރިސުން ވެސް ކޯޓުގައި ބުނެފައިވާތީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 27 ގައެވެ. މި މައްސަލަ ހައިކޯޓުން ނިންމީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޤާނޫނުގައި ބަޔާންކޮށްފައިވުމާއެކު ދައުލަތުން މިހާރު ވަނީ ޝާ އަލޮމް މެރުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒު ކޮށްފައެއް ނުވެއެވެ.
ޝާ އަލޮމް މިއާގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވެ ޢުގޫބާތް ކަނޑައަޅާފައިވާއިރު، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ކުށުގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލާންވެސް ހުކުމް ކޮށްފައިވެއެވެ.
މަޙްމޫދު މަރާލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލާގައި ޝާ އަލޮމް މިއާ އެދިފައިވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ލުއިކޮށްދިނުމަށެވެ. ނަމަވެސް މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނީ ޝާ އަލޮމް މިއާއަށް އިއުތިރާފުގެ އެއްބަސްވުމެއް ނުދިނުމަށެވެ.
ފުލުހުން ޝާ އަލޮމް ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާއަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.
މި މައްސަލާގައި ފުލުހުން ބުނެފައިވަނީ މަޙުމޫދު މަރާލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ. އޭގެއިތުރުން މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް ޝާ އަލޮމް މިއާ އެކަނި ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މަހުމޫދުގެ ބޮލަށް ބޮޑު ތިން އަނިޔާއެއް ދީފައި ހުރިކަން ފާހަގަވާ ކަމަށެވެ. އަދި ހަށިގަނޑު އެކި ތަންތަނުން 30 އަށްވުރެ ގިނަ ޒަހަމްތައް ފާހަގަ ކުރެވޭ ކަމަށާއި، ފަސް ގަޑިއިރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ހަމަލާ ދީފައި ހުރި ކަމަށެވެ. ފުލުހުން ބުނީ ހަމަލާ ދިނުމަށް ފަހު މަރުނުވާހެން ހީވި ކޮންމެ ފަހަރަކު އަނެއްކާވެސް ހަމަލާ ދީފައި ހުރި ކަމަށެވެ.
މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން ވަނީ ބިދޭސީ މީހާ އުޅެމުންދިޔަ ގެ ބަލާ ފާސްކޮށް ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން މަޙްމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލާގައި އިތުރު މީހަކު ބައިވެރިވެފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު