ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން ބަލާއިރު، ހދ. ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑަކީ ކޮންމެ އަހަރެއްގެ ބޮޑުއީދާ ދިމާކޮށް މުޅި ރާއްޖޭގެ ސަމާލުކަން އަތުލާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.
ނަމަވެސް، މިއީ ހަމައެކަނި ކުލަގަދަ ފޭރާމާއި މަށި އުނގުޅައިގެން ނުކުންނަ މާލިތަކެއް ދައްކައިލާ ސަގާފީ އުފާފާޅުކުރުމެއް ނޫނެވެ. މިއަށްވުރެ ބޮޑަށް، މިއީ ގައުމުގެ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ މަސްރަހަށް ރައްޔިތުން ފާޑުކިޔުމަށް ބޭނުންކުރާ ވަރުގަދަ މިންބަރެކެވެ.
މިއަހަރުގެ ބޮޑުއީދުގައި ފެނިގެންދާނެ މަށިމާލި ޕެރޭޑުން ވެސް އެންމެ ބޮޑަށް ފާހަގަވެގެންދާނީ، މިދުވަސްވަރު ގައުމުގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއި، ސަރުކާރުގެ ނާކާމިޔާބީތަކުގެ އިތުރުން ރައްޔިތުންގެ ހިތްހަމަނުޖެހުންތައް ރަމްޒުކޮށްދޭ ތަފާތު "ސިޔާސީ ބަޖެޓްތައް" ނުވަތަ ހުށަހެޅުންތަކެވެ.
މިދުވަސްވަރަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަމާއި އިޖުތިމާއީ ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެކެވެ. ޚާއްޞަކޮށް ވެރިކަން ކުރާ ފަރާތްތަކުން ނިންމާ ބައެއް ނިންމުންތަކާއި، ފަހުން އެ ނިންމުންތަކުން ފަސްއެނބުރި ހާލަތު ބަދަލުކުރާ "އުނބަށްޖަހާ" އުސޫލުތަކަށް މި ޕެރޭޑްގެ ޒަރީޢާއިން ވަރަށް ސާފުކޮށް ފާޑުކިޔާނެއެވެ.
ސަރުކާރުގެ ބައެއް ބޮޑެތި މަޝްރޫޢުތަކުން އެދެވޭ ނަތީޖާއެއް ނުނިކުމެ ފޭލްވަމުންދާ ދިއުމާއި، ސިޔާސީ ދާއިރާގައި ހިނގާ ނޭދެވޭ ކަންކަމަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ތަފާތު ގިނަ މާލިތަކެއް މިއަހަރުގެ ޕެރޭޑުން ފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މިގޮތުން، ތަކެތީގެ އަގުބޮޑުވުމާއި، ވަޒީފާގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން އާންމު ރައްޔިތުން އުފުލަންޖެހޭ ތަކްލީފުތައް ހެއްވާ މަޖާ މާހައުލެއްގެ ތެރެއިން، ނަމަވެސް ފުން މާނައެއް އެކުލެވޭ ގޮތަށް މި ހަރަކާތުގެ ތެރެއިން ދައްކުވައިދޭނެއެވެ.
ކުޅުދުއްފުށީގެ ރައްޔިތުންނަކީ ޒަމާނުންސުރެ ފެށިގެން ވެސް އަމިއްލަ ހުނަރުވެރިކަމާއި، ގައުމީ ކަންކަމުގައި ބަސްބުނަން ކެރޭ، ވަރުގަދަ އަޒުމެއްގެ ވެރި ބައެކެވެ. ސިޔާސީ ބާރުވެރިކަމާއި ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ އަޑު ކަނޑުވައިލަން ސަރުކާރުން ކިތަންމެ ވަރަކަށް ބޭނުންވިޔަސް، އެކަން އެގޮތަށް ނުކުރެވޭނެކަން ކުޅުދުއްފުށީގެ ރައްޔިތުން މިފަހަރު ވެސް ސާބިތުކޮށްދޭނެއެވެ.
މަށިމާލި ޕެރޭޑަކީ ރައްޔިތުންގެ ހިތްތަކުގައި ހުރި އުދާސްތަކާއި ޝަކުވާތައް ސަރުކާރާ ހަމައަށް ފޯރުކޮށްދިނުމަށް ލިބޭ މިނިވަން ރަނުގެ ފުރުޞަތެކެވެ.
ބިރުވެރިކަމެއް ނެތި، ދައުލަތުގެ ނިންމުންތަކަށް ފާޑުކިޔައި، އިސްލާހުކުރަންޖެހޭ ކަންކަން ދައްކައިދިނުމަކީ ދިމިގްރާތީ ނިޒާމެއްގައި ރައްޔިތުންނަށް ލިބިގެންވާ އެންމެ ބޮޑު ބާރުކަން މި ހަރަކާތުން ރަމްޒުކޮށްދެއެވެ.
އެހެންކަމުން، މިއަހަރުގެ ކުޅުދުއްފުށީ މަށިމާލި ޕެރޭޑް ވެގެންދާނީ ހަމައެކަނި އީދުގެ އުފާވެރިކަން ގެނެސްދޭ ސަގާފީ ރީތި ހަރަކާތަކަށް އެކަންޏެއް ނޫނެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާއި ކަންބޮޑުވުންތައް ހުރި މިންވަރު މުޅި ގައުމަށް ހާމަކޮށް، ދައްކައިދޭނެ ވަރުގަދަ ލޯގަނޑެކެވެ.
މި ޕެރޭޑްގެ ސަބަބުން، ވެރިކަމުގެ ދާއިރާތަކުން ރައްޔިތުންގެ ހަގީގީ ވިންދާ އެއްގޮތަށް ކަންކަން ބަދަލުކުރުމަށް މަޖުބޫރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު