އަޟްހާ އީދުގެ ބަރަކާތްތެރި މުނާސަބަތުގައި، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން، ދިވެހި އެންމެހައި ރައްޔިތުންނަށް އީދުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
އެމަނިކުފާނާއި އާއިލާގެ ނަމުގައި ފޮނުއްވި މި މެސެޖުގައި، މުޅި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ އެކި ބާވަތުގެ މުސީބާތްތަކުންނާއި ގޮންޖެހުންތަކުން ސަލާމަތްކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ހައްޖުގެ މަތިވެރި އަޅުކަމުގެ ބަރަކާތާއެކު ބައްދަލުކުރި މި އުފާވެރި އަޟްހާ އީދަކީ ކިޔަމަންތެރިކަމާއި ގުރުބާނީގެ މަތިވެރި ޒިކުރާތައް އާކޮށްދޭ މުނާސަބަތެކެވެ.
ޚާއްޞަކޮށް އިބްރާހީމްގެފާނުގެ މަތިވެރި ގުރުބާނީގެ ހަނދާންތައް ހިތްތަކަށް ގެނެސްދޭ މި ދުވަސްވަރަކީ، އެކަކު އަނެކަކަށް އަޅާލައި، އާއިލީ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމުގެ ރޫޙު އާލާކުރަންވީ ވަގުތުކަން ފާހަގަކުރައްވައި، އީދުގެ ބަރަކާތްތެރި ދުވަސްތަކުގައި ހެޔޮ އަމަލުތައް ވީހާވެސް ގިނަކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، މުޅި އިސްލާމީ އުންމަތް އީދުގެ އުފާ ފާޅުކުރަމުންދާއިރު، މުސްލިމް އަޚުންނަށް ދިމާވެފައިވާ ނުރައްކާތަކުގެ މަތިން ހަނދާން ނައްތާނުލުމަށް ރައީސް ޔާމީން ގޮވާލެއްވިއެވެ.
ޚާއްޞަކޮށް ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ކުރިމަތިވަމުންދާ ލާއިންސާނީ އަނިޔާތަކުން އެބައިމީހުން ސަލާމަތްކޮށްދެއްވައި، ކޮޅުންނެތް ކެތްތެރިކަމާއި ނަޞްރު މިންވަރުކޮށްދެއްވުމަށް އެދި ޚާއްޞަ ސަމާލުކަމެއް ދީގެން ދުޢާކޮށްދިނުމަށް އެމަނިކުފާނުގެ މެސެޖުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު