އޮސްޓްރޭލިއާގެ މެލްބާން ސިޓީގައި ކޮވިޑް ޖެހޭ މީހުން މަދުވެ ލޮކްޑައުންއަށް އިތުރު ލުއިތަކެއްދީފިއެވެ.
މިގޮތުން، މީގެ ކުރިން، ވަޒީފާ އަށް ނުވަތަ އެހެނިހެން ބޭނުމަށް 5 ކިލޯމީޓަރަށް ހަމައެކަނި ދަތުރުކުރުމުގެ ހުއްދަ އޮތް މެލްބާން ގެ ރައްޔިތުންނަށް، މިހާރު 25 ކިލޯމީޓަރު ދުރަށް ދަތުރު ކުރެވޭނެއެވެ. އަދި ބޭރުގައި 10 މީހުންނާއި ހަމައަށް މީހުންނަށް އެއްވެ އުޅެވޭނެއެވެ.
މީގެ އިތުރުން މެލްބާންގެ އާންމު ތަންތަނުގައި ދެގެއެއްގެ ފަރާތުން 10 ވަރަކަށް މީހުންނަށް މިހާރު އެއްވެ އުޅެވޭނެއެވެ. ލޮކްޑައުންއަށް ލިބުނު އިތުރު ލުއިތަކުގެ ތެރޭގައި ކުޅިވަރު ތަކުގެ ތެރެއިން ޓެނިސް ކުޅުމާއި ގޮލްފު ކުޅުމަށް ހުއްދަދެވިފައިވެއެވެ.
މިދިޔަ 4 މަހާ އަޅާ ބަލާއިރު މިދިޔަ 14 ދުވަހު އޮސްޓްރޭލިއާގެ މެލްބާން ސިޓީގައި އެވްރެޖް ގޮތެއްގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 8 އިންސައްތައިގައެވެ.
އޮސްޓްރޭލިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިގޮތަށް ހިފަހައްޓާލެވިއްޖެނަމަ، ނޮވެމްބަރު 2 ވަނަ ދުވަހުން ފެށިގެން ފިހާރަތަކާއި، ރެސްޓޯރަންޓްތައް ހުޅުވުމަށް ނިންމާފައިވާކަމަށް އޮސްޓްރޭލިއާގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
އޮސްޓްރޭލިއާގައި މިހާތަނަށް 27،000 ވުރެއް ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 900 އެއްހާ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު