އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، އައްޑޫ ސިޓީއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއް ފައްޓަވައިފިއެވެ.
"އިތުބާރު" ކެމްޕޭންގެ ދަށުން އައްޑޫ ސިޓީގެ ރަށްތަކަށް ފެއްޓެވި މި ދަތުރުފުޅާ ގުޅޭގޮތުން މީކާއީލް ވިދާޅުވީ، މި ދަތުރުގެ ތެރެއިން އައްޑޫގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ހުޅުދޫއަށް ވަޑައިގަތުމަށްފަހު، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެމްޑީޕީގެ އާންމު މެންބަރުންނާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައި ޕާޓީއަށާއި އައްޑޫ ސިޓީގެ ތަރައްގީއަށް ކޮށްދޭނެ ކަންކަން ސާފުކޮށްދިނުމެވެ.
އަދި އައްޑޫ ސިޓީގެ ރައްޔިތުންނާއި އެމްޑީޕީގެ އާންމު މެންބަރުންގެ އިތުބާރު ކަށަވަރުކުރުމަކީ މި ދަތުރުގެ އެންމެ ބޮޑު އަމާޒު ކަމަށާއި، އެ އިތުބާރު ހޯއްދެވުމަށްފަހު ނޫނީ މި ދަތުރު ނިންމާނުލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު