ލ. ގަމުގައި އަޟްޙާ އީދަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ކަރަންޓުގައި ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާ އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ލ. ގަމުގެ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން، އީދަށް ތައްޔާރުކުރި ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.
ހާދިސާ ހިނގުމާއެކު އަނިޔާވި 14 އަހަރުގެ ފިރިހެން ކުއްޖާއަށް ފުރަތަމަ ފަރުވާ ދޭން ފަށާފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.
އަދި އެ ކުއްޖާއަށް އިތުރު ފަރުވާ ބޭނުންވާތީ، މިއަދުގެ ވަގުތެއްގައި ވަނީ މާލެއަށް ގެނެސްފައެވެ.
އެ ކުއްޖާ މާލެ ގެނައުމާއެކު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު