ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށާއި، ދިވެހި ސްކައުޓުންގެ ފަރާތުން އެ ރީތި ނަމޫނާ އަބަދުވެސް ފެންނަމުންދާ ކަމަށެވެ. ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ ފަދަ ޤައުމީ ކޮންމެ ބޮޑު ދަނޑިވަޅެއްގައި، އެއްވެސް ޖެހިލުމެއްނެތި ޤައުމީ ޚިދުމަތަށް ނުކުތުމުގައި ސްކައުޓުން ސާބިތުވެ ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޒިންމާދާރު ޖީލެއް ބިނާކުރާ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށެވެ. އަދި ރާއްޖޭގެ އުތުރުން ދެކުނަށް ބަލާއިރު، މިއީ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ދުރުމިން ކައިރިކޮށްދޭ، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމެއް ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ތަޢުލީމީ ހަޔާތުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ، ކަބް ސްކައުޓް މޮޓޯ "ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއަރޑް" އަކީ އެމަނިކުފާނުގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި މަގުދައްކައިދިން އުސޫލުތަކެއް ކަމަށެވެ. އަދި މިފަދަ ތަޖުރިބާތަކަކީ މިއަދުގެ ޒުވާނުންނަށް ނުހަނު ބޭނުންތެރި ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
މި މުނާސަބަތުގައި ރައީސް ވަނީ ފާއިތުވި 70 އަހަރު ދިވެހި ސްކައުޓް ހަރަކާތް ކުރިއެރުވުމަށް މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، ރާއްޖޭގެ ހުރިހާ ޒުވާނުންނަކީ ޤައުމަށް ފަޚުރުވެރި ޚިދުމަތްތެރި ދަރިންތަކެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު