ޗައިނާގެ މަޝްހޫރު އީ-ކޮމާސް ކުންފުނި "ޓެމޫ" މެދުވެރިކޮށް ގަވާއިދާ ހިލާފު އަދި ނުރައްކާތެރި ތަކެތި ވިއްކުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ ކުންފުނި 232 މިލިއަން އެމެރިކާ ޑޮލަރުން (200 މިލިއަން ޔޫރޯ) ޖޫރިމަނާކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އީޔޫގެ ރެގިއުލޭޓަރުން އިއުލާންކުރި މި ޖޫރިމަނާއަކީ، އެ އިއްތިހާދުގެ "ޑިޖިޓަލް ސާވިސަސް އެކްޓް" (ޑީއެސްއޭ) ގެ ދަށުން މިހާތަނަށް ކުންފުންޏަކަށް ދީފައިވާ އެންމެ ބޮޑު އަދަބެވެ. މި ނިންމުން ނިންމާފައިވަނީ ޔޫރަޕްގެ ކޮންސިއުމަރ ޖަމިއްޔާއެއް ކަމަށްވާ ބީއީޔޫސީ އާއި އިތުރު 17 ގައުމެއްގެ އިދާރާތަކުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ދެ އަހަރެއްހާ ދުވަހު ކުރިއަށްގެންދިޔަ ތަހުގީގަކަށް ފަހުގައެވެ.
ޔޫރަޕިއަން ކޮމިޝަނުން ހާމަކުރި ގޮތުގައި، ޓެމޫ އިން ވަނީ ކަސްޓަމަރުންނަށް ވިއްކަމުންދާ ނުރައްކާތެރި ތަކެތި ދެނެގަތުމުގައާއި އެކަމުގެ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގައި ބޮޑުތަނުން އިހުމާލުވެފައެވެ. ވަކިން ހާއްސަކޮށް، އެ ކުންފުނީގެ އެލްގޮރިދަމްތަކާއި އިންފްލުއެންސަރުން މެދުވެރިކޮށް ކުރާ އިޝްތިހާރުތަކުގެ ސަބަބުން، މަނާ ތަކެތި ފެތުރުމަށް މަގުފަހިވާ މިންވަރު ދެނެގަތުމަށް އެކަށީގެންވާ ދިރާސާއެއް ކޮށްފައި ނުވާކަން ކޮމިޝަނުން ފާހަގަކުރިއެވެ.
މި ތަހުގީގުގެ ތެރޭގައި "މިސްޓްރީ ޝޮޕިންގް" އުސޫލުން ތަކެތި ގަނެގެން ލެބޯޓްރީތަކުގައި ޓެސްޓުކުރިއިރު، ރައްކާތެރިނޫން ފޯނު ޗާޖަރުތަކާއި ކުޑަކުދިންނަށް ނުރައްކާތެރި ކުޅޭ އެއްޗެހި ވިއްކާކަން ވަނީ ކަށަވަރުވެފައެވެ. ބައެއް ކުޅޭ އެއްޗެހީގައި މަނާ ކެމިކަލެއް ކަމަށްވާ "ފްތަލޭޓްސް" ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރިއިރު، ބައެއް ތަކެތީގެ ސަބަބުން ކުޑަކުދިން ކޮށިއަރައި ނޭވާ ހާސްވުމުގެ ބިރު އޮތްކަން ވެސް ވަނީ ހާމަވެފައެވެ.
މި ނިންމުމާ ގުޅިގެން ޓެމޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑީއެސްއޭގެ މަގްސަދުތަކަށް އިހުތިރާމްކުރި ނަމަވެސް، ކަނޑައަޅާފައިވާ ޖޫރިމަނާއަކީ އިންސާފުވެރި ނޫން ބޮޑު އަދަދެއް ކަމަށެވެ. އަދި މިހާރު ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމުތައް ވަރުގަދަކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އީޔޫ އިން ޓެމޫ އަށް މިހާރު ވަނީ އޯގަސްޓް 28 ގެ ނިޔަލަށް، ޑީއެސްއޭގެ މިންގަނޑުތަކަށް އަމަލުކުރާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް ހުށަހެޅުމަށް މުހުލަތެއް ދީފައެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އީލޮން މަސްކްގެ އެކްސް ޕްލެޓްފޯމް ވެސް ވަނީ މި އުސޫލުގެ ދަށުން 120 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފައެވެ.
މި ފިޔަވަޅަކީ އޮންލައިން ޕްލެޓްފޯމްތައް ޒިންމާދާރުކުރުވުމަށް ޔޫރަޕިއަން ޔޫނިއަނުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުރާސިލުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު