ކުރީގެ ދެ ވަޒީރުން ކަމަށްވާ ޠާރިޤް އިބްރާހީމާއި، އާދަމް ޝަރީފް ޢުމަރު، ރާއްޖެއިން ބޭރަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ހުށަހެޅުއްވުމާ އެއްގޮތަށް، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރުގައި ހުންނަވާ ސަފީރަކަށް އާދަމް ޝަރީފް ޢުމަރު އައްޔަންކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މި ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 6 މެންބަރުންގެ އިއްތިފާޤުންނެވެ. ބައްދަލުވުމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ވަނީ، މި ދެ ބޭފުޅުންނަކީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ފަދަ ޤާބިލު ބޭފުޅުންނަށް ވާތީ، އިތުރު އިންޓަވިއުއަކާ ނުލައި ރުހުން ދިނުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުމަށް ކޮމިޓީގެ އެހެން މެންބަރުންވެސް ވަނީ ފުރިހަމައަށް ތާއީދު ކުރަށްވާފައެވެ.
ޔޫއޭއީގެ ސަފީރުކަމަށް ރުހުން ދިން ޠާރިޤް އިބްރާހީމަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަމާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް އޭނާ ފުރުއްވާފައިވެއެވެ.
ހަމައެއާއެކު، ޤަތަރުގެ ސަފީރުކަމަށް ކޮމިޓީން ކަނޑައެޅި އާދަމް ޝަރީފް ޢުމަރަކީ މި ސަރުކާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުތަކުގައިވެސް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި މިހާރުވެސް ގެންދަވަނީ ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުންނެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމައި ތައްޔާރުކުރި ރިޕޯޓު ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ޖަލްސާއެއްގައި މި ރިޕޯޓަށް ބަހުސްކުރުމަށްފަހު، ތަޅުމުން ފާސްކުރުމުން، ޤާނޫނީ ހަމަތަކުގެ މަތިން މި ދެ ބޭފުޅުން ރަސްމީކޮށް ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު