ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ މަގުތަކުގެ ތެރޭގައި ހިމެނޭ ހޯމޫޒް ކަނޑުއޮޅިން، ފާއިތުވި 24 ގަޑިއިރު ތެރޭގައި 28 އުޅަނދެއް އީރާނުގެ ބެލުމުގެ ދަށުން ސަލާމަތްތެރިކަމާއެކު ދަތުރުކޮށްފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އުޅަނދުތަކުގެ ތެރޭގައި ތެޔޮ އުފުލާ ބޮޑެތި ބޯޓުފަހަރާއި މުދާ އުފުލާ ކޮންޓޭނަރު ބޯޓުތައް ހިމެނޭ ކަމަށެވެ. މިއީ އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުގެ މައްޗަށް އީރާނުގެ ބާރު އޮތް މިންވަރު ހާމަކޮށްދިނުމުގެ ގޮތުން ނެރުނު ބަޔާނެކެވެ. އީރާނުން ބުނާ ގޮތުގައި ހޯމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ ވަރަށް ވަރުގަދަކޮށް އެ ޤައުމުގެ އަތްދަށުގައެވެ.
ހޯމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ އެންމެ އިސްތިރާތީޖީ މަގެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ކުރީކޮޅު އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު އުފެދުނު އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން މި ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. މިއަހަރުގެ އޭޕްރީލް މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ދަތުރުފަތުރުގެ ކަންކަން އަދިވެސް އާދައިގެ ހާލަތަކަށް އައިސްފައެއް ނުވެއެވެ.
އީރާނުން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރުވަމުންދާ ކަމަށް ބުނި ނަމަވެސް، މިނިވަން މުހައްލިލުން ފާހަގަކުރާ ގޮތުގައި މިހާރު ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އަދިވެސް ހުރީ ހަމަނުޖެހުންތަކުގެ ކުރިން ހުރި މިންވަރަށް ވުރެ މާ ދަށުގައެވެ. މީގެ މައިގަނޑު ސަބަބަކީ އިންޝުއަރެންސް އަގުތައް އިންތިހާއަށް ބޮޑުވުމާއި، ސަލާމަތީ ގޮތުން އޮތް ނުރައްކާތަކުގެ ސަބަބުން ގިނަ ކުންފުނިތަކަކުން އަދިވެސް އެ މަގު ބޭނުންކުރުމަށް ޖެހިލުންވުމެވެ.
މި މައްސަލައިގައި އެމެރިކާއާއި އެޤައުމުގެ އިއްތިހާދީން ބުނަމުންދަނީ ހޯމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ކަނޑުގެ މަގެއް ކަމަށާއި، އެތަނުން ދަތުރުކުރުމަށް އީރާނުގެ އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ. ބައިނަލްއަޤްވާމީ މަޝްވަރާތަކުގެ އެންމެ މުހިންމު އެއް މައުޟޫއަކަށް މިކަން ވެފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދުނިޔޭގެ އިޤްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު