ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް ބަލިކުރުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) އަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ޔާމީން މިކަމަށް ގޮވާލެއްވީ ރޭ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
"ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަށްވަނީ އެމްޑީޕީގެ ކެންޑިޑޭޓް. އެހެންވީމާ މިހާރު އޮތް ހާލަތު ބަދަލުކުރާ ކަމަށް ވަންޏާ، ޕީއެންސީގެ ކެންޑިޑޭޓަށްވުރެ އަޅުގަނޑަށް ރަނގަޅީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓް." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން ހުސްވި ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރަށްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ޖުމްލަ 4،120 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުން އޮންނާނީ 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ.

ކިޔުންތެރިންގެ ހިޔާލު