ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކޮށްފިނަމަ، ބާޒާރުގައި ސިނގިރޭޓް ފޮއްޓެއްގެ އަގު 150 ރުފިޔާ އާއި 170 ރުފިޔާއާ ދެމެދުގެ އަގަކަށް ހެޔޮވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ، ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ދަނޑިވަޅެއްގައި، އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިނގިރޭޓް ވަކިވަކިން ވިއްކާއިރު ނަގާ ޑިއުޓީ، ސިންގަލް ސްޓިކަކަށް 8 ރުފިޔާއިން 4 ރުފިޔާއަށް ދަށްކޮށްފިނަމަ، ބާޒާރުގެ އަގުތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ. އެގޮތުން އަގަށް ބަދަލު އަންނާނެ ގޮތުގެ ތަފްޞީލް ވެސް އޭނާ ވަނީ ހިއްސާކުރައްވާފައެވެ.
އަގަށް އަންނާނެ ބަދަލުގެ ތަފްޞީލް:
ވަކި ސިނގިރޭޓަކުން ކުޑަވާ ފައިސާ: 4 ރުފިޔާ (8 ރުފިޔާއިން 4 ރުފިޔާއަށް).
ފޮއްޓަކުން ކުޑަވާ ޑިއުޓީ: 80 ރުފިޔާ (އާންމުކޮށް ފޮއްޓެއްގައި 20 ސިނގިރޭޓް ހިމެނޭތީ:
20×4
ރުފިޔާ).
އެޑްވަލޮރެމް ޓެކްސްއަށް އަންނާނެ ބަދަލު: ޑިއުޓީގެ އަގު ދަށްވުމާ އެކު، އޭގެ މައްޗަށް ނެގޭ ޕަސެންޓޭޖް ޓެކްސް ވެސް ނިސްބަތުން ކުޑަވެގެންދާނެއެވެ.
ބާޒާރުގެ ޙާލަތު ފޮއްޓެއްގެ އަގު (ދިވެހި ރުފިޔާ)
މިހާރުގެ އަގު (8 ރުފިޔާގެ ޑިއުޓީއާއެކު): 240 ރުފިޔާ - 250 ރުފިޔާ
އާ އަގު (4 ރުފިޔާއަށް ބަދަލުކުރުމުން): 150 ރުފިޔާ - 170 ރުފިޔާ
މީގެ އިތުރުން މެންބަރު ޒަމީރު ވިދާޅުވި ގޮތުގައި މިއީ ޑިއުޓީގެ 80 ރުފިޔާއާއި އެއާ ގުޅުންހުރި ޓެކްސްތައް އުނިވުމުން އަގަށް އަންނާނެ ބަދަލުގެ އަންދާޒާއެކެވެ. އަދި ވަކިވަކި ބްރޭންޑްތަކަށާއި ފިހާރަތަކަށް ބަލައި، ބާޒާރުގެ އަގުތަކަށް ކުޑަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިގިރެޓުގެ ޑިއުޓީ ސިންގަލް ސްޓިކަކަށް 8 ރުފިޔާއިން 4 ރުފިޔާއަށް ދަށްކޮށްފިނަމަ، ސިގިރެޓް ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 150 ރުފިޔާ އާއި 170 ރުފިޔާ ދެމެދުގެ އަގަކަށް ހެޔޮވާނެ ކަމަށް ބެލެވެއެވެ.
— Xamyr (@AhmedXamyr) June 1, 2026
މި ބަދަލު ހިސާބު ކުރެވޭ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ:
ޑިއުޓީ ކުޑަވުމުން އަގަށް… https://t.co/cu5orAmm0m
އަގަށް އަންނާނެ ބަދަލުގެ ތަފްޞީލް:
ވަކި ސިނގިރޭޓަކުން ކުޑަވާ ފައިސާ: 4 ރުފިޔާ (8 ރުފިޔާއިން 4 ރުފިޔާއަށް).
ފޮއްޓަކުން ކުޑަވާ ޑިއުޓީ: 80 ރުފިޔާ (އާންމުކޮށް ފޮއްޓެއްގައި 20 ސިނގިރޭޓް ހިމެނޭތީ:
20×4
ރުފިޔާ).
އެޑްވަލޮރެމް ޓެކްސްއަށް އަންނާނެ ބަދަލު: ޑިއުޓީގެ އަގު ދަށްވުމާ އެކު، އޭގެ މައްޗަށް ނެގޭ ޕަސެންޓޭޖް ޓެކްސް ވެސް ނިސްބަތުން ކުޑަވެގެންދާނެއެވެ.
ބާޒާރުގެ ޙާލަތު ފޮއްޓެއްގެ އަގު (ދިވެހި ރުފިޔާ)
މިހާރުގެ އަގު (8 ރުފިޔާގެ ޑިއުޓީއާއެކު): 240 ރުފިޔާ - 250 ރުފިޔާ
އާ އަގު (4 ރުފިޔާއަށް ބަދަލުކުރުމުން): 150 ރުފިޔާ - 170 ރުފިޔާ
މީގެ އިތުރުން މެންބަރު ޒަމީރު ވިދާޅުވި ގޮތުގައި މިއީ ޑިއުޓީގެ 80 ރުފިޔާއާއި އެއާ ގުޅުންހުރި ޓެކްސްތައް އުނިވުމުން އަގަށް އަންނާނެ ބަދަލުގެ އަންދާޒާއެކެވެ. އަދި ވަކިވަކި ބްރޭންޑްތަކަށާއި ފިހާރަތަކަށް ބަލައި، ބާޒާރުގެ އަގުތަކަށް ކުޑަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު