އެލްނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމަށް ބަދަކު އައުން
އެލްނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމަށް ބަދަކު އައުން
އެލްނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

"ރަސް"އަށް މައުލޫމާތު ދެމުން ރާއްޖޭގެ މޫސުމާއިބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވީ އެލްނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމީ މިންގަނޑުތަކަށް އަންނަ މި ބަދަލުތަކާއެކު، ކުރިއަށް އޮތް ތަނުގައި ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު މަދުވުމާއި، އަނެއްބައި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުން ފަދަ ކަންކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

"މީގެ އިތުރުން، ބޭ އޮފް ބެންގަލް އާއި އަރަބި ކަނޑުގައި އުފެދޭ ތޫފާންތަކަށް މި ފެނުންގަނޑުގެ ހޫނުމިނުގެ ސަބަބުން އަސަރުކޮށް، އެ ތޫފާންތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ " އޭނާ ވިދާޅުވި އެވެ.



މިއަހަރުގެ މެދުތެރެއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެލްނީނޯގެ އަސަރު ފެންނަން ފަށާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ އިން ލަފާކުރާއިރު، މިއީ "ސުޕަރ އެލްނީނޯ" އެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

2026 ވަނަ އަހަރުގެ ފަހުކޮޅު މި އަސަރުތައް އެންމެ ބޮޑަށް ފެންނާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެންމެ ވަރުގަދަ އެލްނީނޯއަކަށް ވެދާނެ ކަމުގެ ބިރު އެބައޮތެވެ. އެލްނީނޯގެ ސަބަބުން ކަނޑުގެ ފެންގަނޑު ހޫނުވެ، މޫސުމީ ވައިގެ މިސްރާބުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ހޫނުގަދަވުމާއި، ފެންފަށަލަ ތަޣައްޔަރުވުމާއި އަދި ކަނޑުގެ ދިރުންތަކަށް، ހާއްސަކޮށް މުރަކަތައް ހުދުވުން ފަދަ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

މިކަމާ ގުޅޭގޮތުން މޫސުމާ ބެހޭ އިދާރާއިން ދަނީ ރާއްޖޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ގާތުން މޮނިޓަރ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު