ސްރީލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް މަދުވެގެން 15 މީހުން މަރުވެއްޖެއެވެ.
އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނިމިދިޔަ ހަފުތާބަންދުގައި ކުރި ބޯ ވިއްސާރައިގެ ސަބަބުން 19،000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ވެރިރަށް ކޮލަމްބޯ ހިމެނޭހެން އެ ގައުމުގެ 25 ދާއިރާގެ ތެރެއިން 20 ދާއިރާއަކަށް މި ގުދުރަތީ ކާރިސާގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
މި ހާދިސާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 4،000 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ޑީއެމްސީން ބުނެއެވެ. މީގެ ތެރެއިން 28 ގެއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް
އެއްކޮށް ހަލާކުވެފައެވެ.
ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށްޓަކައި ސްރީލަންކާގެ އަސްކަރިއްޔާއިން އަންނަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން، ބޯޓުފަހަރާއެކު ސިފައިންގެ ހަތް ޓީމެއް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ވައިގެ ސިފައިން ވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ތިން ހެލިކޮޕްޓަރު ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. މީގެ އިތުރުން، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ކަރަންޓުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ސަރަހައްދުތަކުން މިހާރު ވަނީ ކަރަންޓު ކަނޑާލާފައެވެ.
މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުޅި ގައުމުގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ނިންމާފައެވެ. އަދި ނޭޝަނަލް ބިލްޑިން ރިސަރޗް ސެންޓަރުން ވަނީ ހަތަރު ދާއިރާއަކަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތްކަމުގެ "ރެޑް އެލާޓް" ނެރެފައެވެ.
ޑީއެމްސީގެ ޑިރެކްޓަރ ޕްރަދީޕް ކޮޑިއްޕިލި ވިދާޅުވި ގޮތުގައި، ކޮލަމްބޯއާއި ދެކުނުގެ އެހެނިހެން ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ ދަނީ ވަގުތުން ވަގުތަށް ބޮޑުވަމުންނެވެ. އެހެންކަމުން ރައްޔިތުން ސަމާލުވެ ތި
ބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު