އެތިހާދް އެއަރވޭސްގެ ފްލައިޓް އަބޫދާބީ އިން އިޒްރޭލުގެ ބެން ގުރިއަން އެއަރޕޯޓްގައި
އެތިހާދް އެއަރވޭސްގެ ފްލައިޓް އަބޫދާބީ އިން އިޒްރޭލުގެ ބެން ގުރިއަން އެއަރޕޯޓްގައި
މީގެ މަސް ދުވަސް ކުރިން އިޒްރާއީލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދެމެދުގައި، ސިޔާސީ ގުޅުން ގާއިމުކުރަން ވެވުނު އެއްބަސްވުމާއެކު، ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ނިސްބަތްވާ ފުރަތަމަ ފަސިންޖަރު ފްލައިޓް އިޒްރާއިލަށް ޖައްސައިފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ނިސްބަތްވާ އިއްތިހާދް އެއަރވޭސްގެ ފްލައިޓް އަބޫދާބީ އިން އިޒްރޭލުގެ ބެން ގުރިއަން އެއަރޕޯޓަށް ޖައްސައިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެހެންނަމަވެސް ފްލައިޓުގެ ކްރޫއިން ފިޔަވާ އިތުރު ބަޔަކު މި ފްލައިޓުން ދަތުރުކޮށްފައެއް ނުވެއެވެ.

މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ނިސްބަތްވާ ފްލައިޓެއް ފުރަތަމަ ފަހަރަށް އިޒްރޭލަށް ޖެއްސި ފަހަރު ކަމުގައިވެސް އިއްތިހާދް އެއަރވޭސް އިން ފާހަގަ ކޮށްފައިވެއެވެ. އަދި މިއީ ދެގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ފެށުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި ފްލައިޓު ދެން ދަތުރު ކުރަން ހަމަޖެހިފައިވަނީ އިޒްރޭލުގެ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންތަކެއް ގޮވައިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަމަށް ވެއެވެ.

މީގެ އިތުރުން ކޮވިޑް އާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ސިއްހީ އެހީތެރިކަމުގެ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އިއްތިހާދުގެ ފްލައިޓުން ވަނީ މިދިޔަ މެއި މަހާއި ޖުލައިމަހު ވެސް އިޒްރޭލުގެ ބެން ގުރިއަން އެއަރޕޯޓަށް ދަތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން