މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު މެންބަރުން ބޭނުންވަނީ ޕާޓީގެ އުސޫލުތަކުގައި ދެގޮތެއްނުވެ ސާބިތުވެ ތިބި ފަރާތްތަކާއެކު ކުރިއަށްދާން ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް އޭނާގެ "އިތުބާރު" ޓީމުން މިހާރު ލާމު އަތޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން ދެއްވި ޚާއްސަ މެސެޖެއްގައެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުގައި އަތޮޅުގެ ރަށްތަކުން ފެންނަމުންދަނީ ޕާޓީއަށް ވަފާތެރިކަމާއެކު ދެމިތިބި މީހުންނަށް އާންމު މެންބަރުން ކުރާ އިތުބާރެވެ. އަދި މެންބަރުންގެ މެސެޖަކީ ޕާޓީއަށް ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް ވަކިނުވެ ތިބި ފަރާތްތަކާއެކު ސާބިތުވެ ތިބޭނެ ކަމުގެ މެސެޖު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ މުސްތަޤުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުން މިހާރު ބޭނުންވަނީ ޕާޓީގެ އިސް ސަފުން އާ ޒުވާން މޫނުތަކެއް ފެނުމަށް ކަމަށެވެ. ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާން ޖީލެއްގެ ބައިވެރިވުން މުހިންމުކަން މެންބަރުން ގަބޫލުކު
ރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާޕާސަން އިންތިޚާބާ ގުޅޭގޮތުން މީކާއީލް ވިދާޅުވީ، ޕާޓީގެ މުސްތަޤުބަލަށްޓަކައި އާންމު މެންބަރުން ވޯޓު ދޭން ތިބީ "އިތުބާރު" ޓީމަށް ކަމުގެ ޔަގީންކަން މި ދަތުރުން ލިބިގެންގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު