އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރުވެސް ކާމިޔާބީ ހޯއްދަވައިފި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ނަޝީދުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރެވިފައިވާ ކަމަށާއި، މިހާރު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ބާކީ އޮތް ހަފުތާގެ ތެރޭގައި ތައްޔާރުވެ، ވޯޓު ފޮއްޓާ ހަމައަށް ވޯޓުތައް ގެންދިޔުމަށް މަސައްކަތް ކުރުން ކަމަށެވެ. މި މަސައްކަތުގައި ނަޝީދަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ރައީސް ނަޝީދުގެ ޗެއާޕާސަން ކަމުގައި ޕާޓީގެ އެންމެހާ މެމްބަރުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީ އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޕާޓީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، މި ހާލަތުން އަރައިގަނެވޭނީ ޕާޓީ ވަރުގަދަކޮށްގެންކަން މެމްބަރުންނަށް އެނގޭނެ ކަމަށާއި، އަމިއްލަ އިހުސާސްތަކަށް ވުރެ މިއަދު ގައުމުގެ ދަރިންގެ މުސްތަގުބަލު މާ މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވާ ބަސްފުޅުތައް ގަބޫލުކުރާ ގިނަ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް ލީޑަރެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެމްޑީޕީ ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ހުރި އެހެން ފަރާތެއް މި ގައުމުން ފެންނަން ނެތް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

QAT
ކިޔުންތެރިންގެ ހިޔާލު