ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ކުރިއަށްދާއިރު، އެ އިންތިޚާބު އޮބްޒާވް ކުރުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރުމަށްޓަކައި އެ ކޮމިޝަންގެ މުވައްޒަފުން މިހާރު ދަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ހަރަކާތްތެރިވަމުންނެވެ.
މި އިންތިޚާބުގައި ބަހައްޓާފައިވާ ވޯޓުފޮށިތައް އޮބްޒާވް ކުރުމުގެ މަސައްކަތް ހެނދުނު 6:30 އިން ފެށިގެން އެ ކޮމިޝަނުން ކުރިއަށް ގެންދާނެއެވެ.
އަދި މި މަސައްކަތް ދެމިގެންދާނީ ވޯޓުލުން ނިންމާލުމަށްފަހު، ވޯޓު ގުނުމުގެ އެންމެހާ މަސައްކަތްތައް ނިމެންދެން ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު