މީކާއިލް އަހުމަދު ނަސީމް
މީކާއިލް އަހުމަދު ނަސީމް
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ޗެއަރޕަރސަންގެ ކެންޑިޑޭޓް މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ ތިނަދޫގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ އަމާޒަށް ވާސިލްވުމަށް ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށެވެ.

​އެމްޑީޕީއަކީ "މަރުވެފައި އޮތް" ޕާޓީއެއް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ، ޕާޓީ ދޫކޮށް ދިޔަ މީހުން އަނބުރާ އަންނަނީ އެއީ މަރުވެފައި އޮތް ތަނަކަށް ނޫން ކަމަށެވެ.

އަދި ޕާޓީގެ ކާމިޔާބީތަކުގެ ފަހަތުގައި ތިބީ އާންމު މެންބަރުންކަން ފާހަގަކުރައްވައި، ތިނަދޫ މެންބަރުންގެ ބުރަ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޯރިގަދަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އޮތީ މިމަހު 12 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު