އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކުރުމުގައި މެންބަރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ކުރީގެމަޖިލިސް މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
ރޭ ތިނަދޫގައި ބޭއްވި މީކާއިލް އަހުމަދު ނަސީމްގެ ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ޝަހީމް ވިދާޅުވީ، މީގެ ކުރިން ޕާޓީގެ ޗެއާޕާސަންގެ މަޤާމު ހުސްވުމުން، އެ މަޤާމަށް ވަގުތީ ގޮތުން ބޭފުޅަކު ހަމަޖެއްސީ ވަރަށް ބޮޑަށް ވިސްނާވަޑައިގަތުމަށް ފަހު ކަމަށެވެ.
އެގޮތުން، އެ މަޤާމަށް ހަމަޖެއްސީ އެއްވެސް ވަކި އެޖެންޑާއެއް ނެތް، މުސްތަޤިއްލު ބޭފުޅެއް ކަމަށާއި، އެ ނިންމުމުގެ ނަތީޖާއެއްގެ ގޮތުން އޭގެ ފަހުން ބޭއްވި ހުރިހާ އިންތިޚާބުތަކެއް އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޗެއާޕާސަން އިންތިޚާބު ކުރުމުގައި މެންބަރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ. އެގޮތުން، ވަކި މަޤާމުތަކަކަށް އަމާޒު ހިފައިގެން ނުވަތަ ވަކި މަޤްސަދުތަކެއް ހާސިލްކުރުމުގެ ނިޔަތުގައި ނިކުންނަ ކެންޑިޑޭޓުން ހޮވައިފި ނަމަ، ޕާޓީއަށް ކާމިޔާބީ ހޯދުމުގައި ދަތިތަކަކާ ކުރިމަތިވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ވާހަކަތަކަކީ މިހާރު ގިނަ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކެއްކަން ފާހަގަކުރައްވައި، މުސްތަޤިއްލު ކެންޑިޑޭޓަކު ހޮވުމުގެ މުހިންމުކަން އޭނާ ތަކުރާރުކޮށް ހާމަކުރެއްވިއެވެ.

CPV
ކިޔުންތެރިންގެ ހިޔާލު