މޮޑަރނަރ އިންކްގެ ވެކްސިންގެ ތަހުލީލުތައް ކުރިއަށްދަނީ.
މޮޑަރނަރ އިންކްގެ ވެކްސިންގެ ތަހުލީލުތައް ކުރިއަށްދަނީ.
ކޮވިޑްގެ ވެކްސިން އުފައްދައި ތަހުލީލު ކުރަމުންދާ އެމެރިކާގެ ކުންފުނި، މޮޑަރނާ އިންކްގެ ވެކްސިން ޑިސެމްބަރު މަހު ލިބޭނެ ކަމަށް އެކުންފުނީގެ ސީއީއޯ ސްޓެފާން ބަންސެލް ބުނެފިއެވެ.

ވޯލް ސްޓްރީޓް ޖޯނަލްގެ ޓެކް ލައިވް ގައި ވާހަކަ ދައްކަވަމުން މޮޑަރނަރގެ ސީއީއޯ ސްޓެފާން ބަންސެލް ބުނެފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއައްދާ ވެކްސިންގެ ތަހުލީލުތައް ނިމި، ނޮވެމްބަރު މަހުގައި ތަހުލީލު ތަކުގެ ނަތީޖާ ލިބޭއިރު ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ، ޑިސެމްބަރު މަހު އާންމުންނަށް ވެކްސިން ލިބޭވަރު ވާނެ ކަމަށެވެ.

އެހެންނަމަވެސް، މިކަހަލަ ބޮޑެތި ތަހީލު ތަކުން ރަނގަޅު ނަތީޖާއެއް ނެރެން ގިނަ ދުވަސް ނަގާނެ ކަމަށާއި، ނަތީޖާ ކުރިން ނެރެވުނަސް، ވެކްސިން އާންމު ކުރުމަށް ސަރުކާރުން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ސްޓެފާން ބަންސެލް ބުނެފައިވެއެވެ. މިގޮތުން، ވެކްސިން ބޭނުން ކުރުމަށް ލިބެންޖެހޭ ހުއްދަ މިއަންނަށް އަހަަރަށް ފަސްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ސްޓެފާން ބުނެފައިވެއެވެ.

އެމެރިކާގެ ކުންފުނި، މޮޑަރނަރ އިންކްގެ ވެކްސިންގެ ތަހުލީލުތައް އުޅެނީ އެހެން ވެކްސިންތަކާ އަޅާ ބަލާއިރު އެންމެ ކުރީގައި ކަމަށްވެސް އެމެރިކާގެ ނޫސްތަކުގައި ބުނެފައިވެއެވެ. މިގޮތުން 30،000 މީހުންނާއެކީ ޖުލައިމަހު ފެށި ވެކްސިންގެ ތަހުލީލުތައް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް ކުންފުނިން ބުނެފައިވެއެވެ.

މޮޑަރނަރ އިންކްގެ އިތުރުން، އެމެރިކާގެ އެހެން ދެ ކުންފުނި ކަމަށްވާ ޖޮންސަން އެންޑް ޖޮންސަން އަދި އެސްޓްރަޒެނެކާގެ ދެ ވެކްސިން އެއްގެ ތަހުލީލު ތަކެއްވެސް ކުރިއަށް އެބަދެއެވެ. ނަމަވެސް، މިދެ ކުންފުނީގެ ވެކްސިންގެ ސަބަބުން ގޮތްނޭނގޭ ބައްޔެެއް ފެތުރެމުންދާތީ، ވެކްސިން ދީގެން ކުރެވޭ ތަހުލީލުތައް ވަނީ ހުއްޓާލާފައެވެ.

މޮޑަރނަރ އިންކްގެ ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އޮގަސްޓްމަހު އެކުންފުނިން ވަނީ އެމެރިކާ ސަރުކާރާއެކު 1.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި މި އެއްބަސް ވުމުގެ ދަށުން ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށް ދެވޭނެއެވެ.

މިހާތަނަށް ކޮވިޑަށް ތައްޔާރުކުރެވޭ 150 ވެކްސިނެއް ޑަބްލިއު.އެޗް.އޯގައި ރަޖިސްޓްރީ ކޮށްފައިވާއިރު، އެމެރިކާގެ ކުންފުނި ތަކުން އުފައްދާ ގިނަ ވެކްސިންތަކަކީ ޑަބްލިއު.އެޗް.އޯގައި ރަޖިސްޓްރީ ކުރެވިފައިނުވާ ވެކްސިން ތަކެކެވެ. ނަމަވެސް ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވެސް އެމެރިކާގެ ކުންފުނި ތަކުން އުފައްދާ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން