ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ ބަދަލުގައި، އޭނާ މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ހަސަން ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމައާއި ބައްޕަ ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.
މި މައްސަލައަކީ ޖެނުއަރީ 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، އެ ރަށު މެކޯ، ޝުހާދަށް ވަޅިން ހަމަލާދީ މަރާލި މައްސަލައެވެ. ޝުހާދު ނިޔާވީ ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް އެ މަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ. މި މައްސަލައިގައި ފުވައްމުލަކު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ.
އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއެވެ. މިއަދު އޮތް އަޑުއެހުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ، ޝުހާދުގެ މަންމައާއި ބައްޕަ ވަނީ ދަރިފުޅުގެ މަރުގެ ބަދަލުގައި ގިޞާޞް ހިފަން ބޭނުންވާކަން ކަށަވަރުކޮށްދީފައެވެ. ވާރިސުންގެ މި ބަހަށްފަހު، އެ މީހުންނާ ދައްކާނެ އެއްވެސް ވާހަކައެއް އޮތްތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން، ފަރީދު ބުނީ ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ އޮންނަތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މީގެ ކުރިން އަޑުއެހުންތައް ނިންމާލާފައި އޮތުމަށްފަހު މައްސަލަ އަލުން ފެށީ ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލަކާ ގުޅިގެންނެވެ. މިއަދުގެ އަޑުއެހުމުގައި ފަރީދު ބައިވެރިވީ އޭނާއަށް ދިމާވެފައިވާ އަޑުއިވުމުގެ މައްސަލައަށް ހިއަރިން އެއިޑެއް ބޭނުންކޮށްގެންނެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު