ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިހާބުގައި ސުހާއާ ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މި އިންތިހާބު ސުހާ ކާމިޔާބުކުރެއްވީ ފަރަގު ކުޑަ ވޯޓަކުންނެވެ.
މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.
ކުރިން ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ސުހާ އާއި ޝާހިދާ ދެމެދު ވޯޓުގެ ފަރަގު ހުރި ނަމަވެސް، ފަހުން ވޯޓުތައް އަލުން ގުނުމުގެ ތެރޭގައި ސުހާގެ ދެ ވޯޓެއް ބާތިލުކުރުމުން ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ 392 އިން އެއްވަރުވެފައެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ ބާތިލުކުރި ވޯޓުތަކުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅައި، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން އަލުން އިންތިހާބު ބޭއްވުމަށް ނިންމާފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 1049 މީހަކަށް ލިބިފައިވާއިރު، ވޯޓުލާފައިވަނީ 985 މީހުންނެވެ. އިލެކްޝަންސްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ޖުމްލަ ވޯޓުގެ ތެރޭގައި 7 ބާތިލު ވޯޓު ވެސް ހިމެނެއެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު