ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްްގެންދާނެ ވަކި ތަރުތީބެއް މިހާރު ކަނޑައަޅައި ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތަކުގެ ސްޕީޑް އަވަސްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދ. މީދޫ ކައުންސިލްގެ ފުރިހަމަ އަޣްލަބިއްޔަތު ވެރިކަންކުރާ ޕީއެންސީއަށް ލިބުން ފާހަގަކުރުމަށް މީދޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޝްރޫއުތައް މަޑުޖެހެން މެދުވެރިވި ސަބަބުތައް
ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ އެކި ކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އުފުލުމާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުމުގައި ދިމާވި ގޮންޖެހުންތަކާ ހުރެ ސަރުކާރުގެ މަޝްރޫއުތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ކަމަށެވެ. ނަމަވެސް، މިހާރު އެ ދަތިތަކަށް ހައްލު ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި ހަފުތާގެ ތެރޭގައި ކެބިނެޓުގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއުތަކެއް ކުރިއަށްގެންދާނެ ތަރުތީބު މިހާރު ވަނީ ފައިނަލް ކުރެވިފައި،" ރައީސް ވިދާޅުވިއެވެ.
ޖުމްލަ 2،645 މަޝްރޫއު ތާވަލެއްގެ ދަށަށް
ސަރުކާރުގެ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތަކާއި، މި އަހަރު އަލަށް ފަށަން ހުރި މަސައްކަތްތަކުގެ އިތުރުން، ވައުދުތައް ފުއްދުމަށް އަންނަ އަހަރު ސޮއިކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އެއްކޮށްލުމުން ޖުމްލަ 2،645 މަޝްރޫއު ހިމެނެއެވެ.
މި ހުރިހާ މަޝްރޫއުތަކެއްވެސް ބަހާލެވިފައިވަނީ ދައުލަތުގެ ދަރަނިތައް ދައްކަމުން، ކޭޝްފްލޯ (ނަގުދު ފައިސާގެ ދައުރުވުން) ރަނގަޅަށް މެނޭޖްކުރެވޭނެ ފަދަ ނިޒާމީ ޕްލޭނެއްގެ ދަށުންނެވެ. އަދި މި ތާވަލާ އެއްގޮތަށް ކޮންމެ މަހަކުވެސް ނިންމާނެ މަޝްރޫއުތައް އިސްކަންދޭ ތަރުތީބުން ކަނޑައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެން ރައްޔިތުންނަށް ފެނިގެންދާނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާ މަންޒަރު ކަމަށެވެ.

JPN
ކިޔުންތެރިންގެ ހިޔާލު