އަލަށް ބިނާކުރާ ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތްތައް ނިންމައި، އަންނަ ދިރާސީ އަހަރު އެ ތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަލަށް ބިނާކުރާ ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތްތައް ނިންމައި، އަންނަ ދިރާސީ އަހަރު އެ ތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މާތްވެގެންވާ އިސްލާމްދީން މަތިވެރިކޮށް، ޤައުމީ ފިކުރު އިސްކޮށްގެން ޤައުމު ކުރިއެރުވުމެވެ. އަދި ދީނަށް ނަސްރުދީ، ޤައުމުގައި ހަމަޖެހުމާއި ތަރައްޤީ ޤާއިމްކޮށް، ރައްޔިތުންނަށް ހުރިހާ ގޮތަކުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ޢަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ކުރީގެ ފުރަތަމަ ސަރުކާރުން ފެށިގެން ޢަރަބި އިސްލާމް ތަޢުލީމު ނައްތާލުމަށް މަސައްކަތްކޮށް، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިން "ރެފިއުޖީން" ގެ ގޮތުގައި މަގުމަތިކުރި ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ބިނާކުރަނިވި ވިސްނުމުގެ ދަށުން ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައި، ބާރު މިނެއްގައި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާއެކީ ޢަރަބި އިސްލާމް ތަޢުލީމު ނައްތާލުމަށް ޢަރަބިއްޔާ ސްކޫލް ތަޅާލާ މަގުމަތިކުރިއެއްނޫންތޯ. ރެފިއުޖީންގެ ގޮތުގައި ހެދީ ޢަރަބިއްޔާ ސްކޫލްގެ ކުދިންނާއި ބެލެނިވެރިން އެހެންނަމަވެސް މި ބިނާކުރަނިވި ފިކުރުން މިހާރު އެވަނީ ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސަދީ ސްކޫލެއް އަޅައިދެމުން އެދަނީ، މިއަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވައި ކިޔަވަން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން 10 ފަންގިފިލާއަށް ތަރައްޤީކުރާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތަކީ ޒަމާނީ ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެގެންދާނެ އިމާރާތެކެވެ. އެގޮތުން މި އިމާރާތުގައި 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން، ފަސޭހައިން މައްޗަށް އަރާފޭބުމަށްޓަކައި 4 ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ECU
ކިޔުންތެރިންގެ ހިޔާލު