"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ޚާއްޞަކޮށްފައިވާ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިރޭ ދަންވަރު 2:00 އަށް ހައުސިން މިނިސްޓްރީން އިތުރުކޮށްދީފިއެވެ.
މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ފޯމު ހުށަހެޅުމުގެ ވަގުތު މިރޭ 23:59 އަށް ހަމަވާގޮތަށް އޮތް ނަމަވެސް، ސުންގަޑި ހަމަވާން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް "ބޯހިޔާވަހިކަން" ޕޯޓަލް އެއްކޮށް ވަނީ ޑައުންވެފައެވެ. މިއާއެކު ގިނަ ބަޔަކަށް ފޯމު ނުފޮނުވި، އާންމުންގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ.
ހައުސިން މިނިސްޓްރީން ބުނީ، ޓެކްނިކަލް ޓީމުން ބާރުސްޕީޑުގައި ކުރި މަސައްކަތުން ޕޯޓަލްއަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އަދި މި ދިމާވި ދަތިތަކަށްޓަކައި ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި، އާންމުންނަށް ފުރުސަތު ދިނުމުގެ ގޮތުން ފޯމު ހުށަހެޅުމުގެ ވަގުތު މިހާރު އިތުރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުރިން މެއި 31 ގެ ނިޔަލަށް ހުޅުވާލި މި ފުރުޞަތު، މީގެ ކުރިންވެސް މިނިސްޓްރީން ވަނީ މިރޭގެ ނިޔަލަށް ބަދަލުކޮށްދީފައެވެ.
މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓްގެ ތަފްޞީލް:
މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ:
މާލޭގެ ރަށްވެހިންނަށް: 10،000 ގޯތި
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 3،000 ގޯތި
މައިމުޅަވެފައިވާ މީހުންނަށް: 500 ގޯތި
މީގެ އިތުރުން، ޖުމްލަ 7،900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެއީ:
މާލޭގެ ރަށްވެހިންނަށް: 4،000 ފްލެޓް
މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 1،500 ފްލެޓް
ޚާއްޞަ އިސްކަންދޭ ފަރާތްތަކަށް: 2،400 ފްލެޓް

EGY
ކިޔުންތެރިންގެ ހިޔާލު