ސްރީލަންކާގެ ޖަފްނާގެ ޗެމްމަނީ ސަރަހައްދު
ސްރީލަންކާގެ ޖަފްނާގެ ޗެމްމަނީ ސަރަހައްދު
ލަންކާއިން ފެނުނު ބޮޑު ކައްވަޅުން މިއަދުވެސް 10 މީހެއްގެ ހަށިތައް ނަގައިފި، މިހާތަނަށް ފެނުނު ހަށިތަކުގެ އަދަދު 350 އަށް އަރައިފިއެވެ.

ސްރީލަންކާގެ ޖަފްނާގެ ޗެމްމަނީ ސަރަހައްދުގައި ހުރި އިންސާނީ ކައްވަޅަކުން އިތުރު 10 މީހެއްގެ ހަށިގަނޑު ފެނި، މިހާތަނަށް އެތަނުން ފެނުނު ހަށިގަނޑުތަކުގެ ޖުމްލަ އަދަދު 351 އަށް އަރާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފާއިތުވި 2025 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ޖަފްނާގެ ޗެމްމަނީ ސަރަހައްދުން ފެނުނު މި އިންސާނީ ކައްވަޅަކީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ހިނގި ލާއިންސާނީ ހަމަނުޖެހުންތަކާ ގުޅުންހުރި ތަނެއް ކަމަށް ކަމާބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، މި ބޮޑު ކަށްވަޅުން ފެންނަމުންދާ ހަށިގަނޑުތަކުގެ ތެރޭގައި ކުޑަކުދިންގެ ކަށިތައްވެސް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.

މި ހޯދުންތަކާއެކު، ގެއްލިފައިވާ ފަރާތްތަކުގެ އާއިލާތަކުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުން އަންނަނީ މި މައްސަލަ މިނިވަންކަމާއެކު ތަހުގީގުކޮށް، ހަގީގަތް ހާމަކުރުމަށް ގޮވާލަމުންނެވެ.

މި މަސައްކަތް މިހާރު ކުރިއަށްދަނީ ކޯޓުގެ އަމުރެއްގެ ދަށުންނެވެ. މީގެ ކުރިން ފަންޑު ހަމަނުޖެހުމާއި މޫސުން ގޯސްވުމުގެ ސަބަބުން މި މަސައްކަތް މެދުކެނޑުނު ނަމަވެސް، މިހާރު ވަނީ ޑިޕްލޮމެޓިކް ފަރާތްތަކުގެ ހާޒިރުގައި އަލުން މަސައްކަތްތައް ފަށާފައެވެ.

މި ހޯދުންތަކަކީ ސްރީލަންކާގެ ހަނގުރާމައިގެ ދުވަސްވަރު ހިނގާފައިވާ ލާއިންސާނީ އަމަލުތަކުގެ ހެކިތައް ފެންނަމުންދާ ކަމެއްގެ ގޮތުގައި ބެލެވޭއިރު، މިއީ އެގައުމުގެ ތާރީހުގައި ހިނގި އެންމެ ހިތާމަވެރި އެއް މައްސަލަ ކަމަށް ގިނަ ބަޔަކު ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު