އިންޑިޔާގެ ފިލްމީތަރި ވަރުން ދަވަން ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައި. (ފޮޓޯ: ވަރުން ދަވަން އިންސްޓަގްރާމް)
އިންޑިޔާގެ ފިލްމީތަރި ވަރުން ދަވަން ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައި. (ފޮޓޯ: ވަރުން ދަވަން އިންސްޓަގްރާމް)
އިންޑިޔާގެ ފިލްމީތަރި ވަރުން ދަވަން ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ހާމަކޮށްފިއެވެ. ވަރުން ދަވަން ޗުއްޓީ ހޭދަކުރަމުންދަނީ ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައެވެ.

މިދިޔަ ހަފްތާއިން ފެށިގެން ސޮނެވާ ފުށީގައި އޭނާ ޗުއްޓީ ހޭދަ ކުރަމުން ދާއިރު، ރާއްޖޭގައި ހޭދަ ކުރަމުންދާ ދުވަސްތަކާއި ރާއްޖޭގެ ހިއްގައިމުކަން ދައްކުވައިދޭ ރީތި ފޮޓޯތަކާއި ވީޑިޔޯތައް، ވަރުން ދަވަންގެ މީސް މީޑިޔާގައި ހާމަކުރަމުންދެއެވެ.

މި ފޮޓޯތަކުގެ ތެރެއިން، އެންމެ ގިނަބަޔަކު ލޮލުގައި އަޅައިގަނެ، ގިނަ ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ، ވަރުން ދަވަން އަށް މިހާތަނަށް ކެވުނު އެންމެ މީރު ގްލޫޓެން ފްރީ ޕާނުގެ ވާހަކަ އަންގައިދިން ފޮޓޯއެވެ.

2012 ވަނަ އަހަރު ކަރަން ޖޯހަރުގެ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔަރ އިން ފިލްމީ ދާއިރާއަށް ނުކުތް ވަރުން ދަވަންގެ 13 ވަރަކަށް ފިލްމު މިހާތަނަށް ނެރެފައިވެއެވެ. މީގެ އިތުރުން ވަރުން ދަވަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ނުކުތް ފިލްމް "ސްޓްރީޓް ޑާންސަރ" އިންނެވެ.

ވަރުން ދަވަން ދެން ފެނިގެންދާނީ ސާރާ އަލީ ޚާން އާއެކު، ހިންދީ ފިލްމު ކޫލީ ނަމްބަރު ވަން އިންނެވެ.

ވަރުން ދަވަންގެ އިތުރުން، އިންޑިޔާގެ ފިލްމީ ތަރި ތާޕްސީ ޕަންނޫ އަދި މޯނީ ރޯއީ ވެސް ވަނީ މިމަހު ކުރީކޮޅު ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލާފައެވެ.

ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރުން ކުޑަކުރުމަށް، ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15ގައި ދިވެހިރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވުމުން، ބޭރުގެ ގިނަ މަޝްހޫރު ފަންނާނުންތަކެއް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދެއެވެ. ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަގޮތުން، ބަލިމަޑު ކަމުގެ ތެރޭގައިވެސް ރާއްޖޭގެ ރިސޯޓުތައް މިވަނީ ރައްކާތެރި މަންޒިލުތަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން