ފިލިޕީންސްގެ އެއަރޕޯޓެެއްގައި ފުރުމަށް ތައްޔާރުވަމުންދާ ފަސިންޖަރުން. (ފޮޓޯ: އޭއެފްޕީ)
ފިލިޕީންސްގެ އެއަރޕޯޓެެއްގައި ފުރުމަށް ތައްޔާރުވަމުންދާ ފަސިންޖަރުން. (ފޮޓޯ: އޭއެފްޕީ)
ކޮވިޑްގެ ލޮކްޑައުންއަށް ލުއެއް ދިނުމުގެ ގޮތުން ފިލިޕީންސްގެ ރައްޔިތުންނަށް ފިލިޕީންސުން ފުރައިގެން އެހެން ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭންފަށައިފިއެވެ.

ފިލިޕީންސްގެ ރައްޔިތުންނަށް ފިލިޕީންސުން ފުރައިގެން އެހެން ގައުމުތަކަށް ދިއުމުގެ ހުއްދަދިންނަމަވެސް މާގިނަ ބަޔަކު ފަތުރުވެރި މަންޒިލް ތަކަށް ގޮސްފައި ނުވާކަމަށް ފިލިޕީންސްގެ އިމިގްރޭޝަން ބިއުރޯއިން ހާމަކޮށްފައިވެއެވެ.

ފިލިޕީންސްގެ ސަރުކާރުން، ގައުމުގެ އިގްތިސާދު އަލުން އާރާސްތު ކުރުމުގެ ނިޔަތުގައި، ފިލިޕީންސްގެ ލޮކްޑައުން އަށް ލުއި ދީ، ފިލިޕީންސްގެ ރައްޔިތުންނަށް ފިލިޕީންސުން ފުރައިގެން އެހެން ގައުމުތަކަށް ދިއުމުގެ ހުއްދަދީފައިވާއިރު، ލޮކްޑައުންގެ ތެރޭގައި، ޒަރޫރީ ބޭނުމެއްގައި ފިޔަވާ އެހެން ގައުމުތަކަށް ދިއުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ.

ފިލިޕީންސްގެ ރައްޔިތުންނަށް ބޭރުގެ އެހެން ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައި ވީނަމަވެސް، ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، ދަތުރު ކުރުމަށް، ދެކޮޅު ޓިކެޓާއި، 24 ގަޑިއިރު ނުވާ މެޑިކަލް ޓެސްޓަކުން ކޮވިޑަށް ނެގަޓިވް ވެފައިވާކަމަށް ދައްކުވައިދޭ ލިއުމެއް އެއަރޕޯރޓް އިމިގްރޭޝަނަށް ހުށައަޅަން ޖެހެއެވެ.

ގިނަ އަދަދެއްގެ ކޮވިޑްގެ ބަލިމީހުންނާއެކު، ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ދެވަނައިގައި އަދިވެސް އުޅެނީ ފިލިޕީންސެވެ. މިހެން ކަމުން، ފިލިޕީންސްގެ ރައްޔިތުންނަށް އެހެން ގިނަ ގައުމުތަކަށް އެތެރެ ވުމުގެ ހުއްދަ ލިބުމަށް ދަތިތަކެއް ކުރިމަތި ވާނެކަމަށް ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގެ ބައެއް ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.

ފިލިޕީންސްގައި މިހާތަނަށް 360،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައެވެއެވެ. އަދި 6،600 އަށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެސްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން