އިނގިރޭސިވިލާތުގެ މަގެއްގެ މަތިން، މާސްކެއް އަޅައިގެން ހުރި މީހަކު މަގު ހުރަސް ކުރަނީ. (ފޮޓޯ: އޭއެފްޕީ)
އިނގިރޭސިވިލާތުގެ މަގެއްގެ މަތިން، މާސްކެއް އަޅައިގެން ހުރި މީހަކު މަގު ހުރަސް ކުރަނީ. (ފޮޓޯ: އޭއެފްޕީ)
ވެކްސިން މެދުވެރިކޮށްގެންވެސް މުޅިދުނިޔެއިން ކޮވިޑް އެއްކޮށް ނައްތާލުމަކީ ނާދިރުކަމެއްކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ ޗީފް ސައިންސްވެރިޔާ ހާމަކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ޗީފް ސައިންސްވެރިޔާ، ސަރ ޕެޓްރިކް ވެލަންސް ހާމަކޮށްފައިވާގޮތުން، އެންމެ ފަހުގެ ތަހުލީލުތައް ދައްކާގޮތުގައި، ކޮވިޑް ގެ އިންފެކްޝަން މުޅިން ނައްތާލުމަށް ވެކްސިން އެއް ހެދޭނެ ކަމުގެ ޔަގީންކަމެެއް އަދި ނެތެވެ.

ނަމަވެސް ވެކްސިނެއްގެ އެހީގައި މި ބަލި ފެތުރުން ކޮންޓްރޯލް ކޮށް ބަލީގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ކުޑަ ކުރެވުނަސް، އާދައިގެ ރޯގާއެއް ގޮތުގައި ކޮވިޑް ވައިރަސް ދައުރުވުން އެކަށީގެންވެއެވެ.

އަދި މިހާތަނަށް ވެކްސިނަކުން ނައްތާލެވިފައިވަނީ ހަމައެކަނި ހިމަބިހި ކަމަށްވެސް ސަރ ޕެޓްރިކް ވެލަންސް ހާމަކޮށްފައިވެއެވެ.

ކޯވިޑް-19 އަށް އުފައްދާ 150 ވެކްސިނެއް މިހާތަނަށް ޑަބްލިއު.އެޗް.އޯގެ ކޯވެކްސްގައި ރަޖިސްޓްރީ ކޮށްފައިވާއިރު، ގިނަ ތަހުލީލު ތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން ގިނަ ވެކްސިން ތަކަކީ ވަގުތީ ފަރުވާއެކެވެ. މިހެން ކަމުން މި ވެކްސިން ތަކުގެ ތަހުލީލުތައް ދިގުމުއްދަތަކަށް ދިއުން އެކަށީގެންވެސްވެއެވެ.

ކޮވިޑް އަށް އުފައްދާ ވެކްސިން ތަކުގެ ތެރެއިން، ބައެއް ވެކްސިންތަކުގެ އެންމެ ފަހުގެ ތަހުލީލުތައް ކުރެވެމުންދާއިރު، މީގެން ގިނަ ވެކްސިން ތަކެއް މިއަހަރު ފަހުކޮޅު ބޭނުން ކުރެވޭނެ ކަމަށްވެސް އާންމުކޮށްފައިވެއެވެ. ވެކްސިންތަކުގެ އެންމެ ފަހުގެ ތަހުލީލުތައް ކުރެވެމުންދާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އިނގިރޭސިވިލާތު، ޗައިނާ އަދި ރަޝިޔާއިން އުފައްދާ ވެކްސިންތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން