އެމްޑީޕީގެ ހަރުގެ
އެމްޑީޕީގެ ހަރުގެ
މާލޭގައި މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވުމުގެ ގޮތުން، އެމްޑީޕީން މިރޭ އެ ޕާޓީގެ ހަރުގޭގައި ޚާއްސަ ސައްލާއެއް ކުރަން ނިންމައިފިއެވެ.

މި މުޒާހަރާއަކީ ވަޒީފާގެ ބިރުވެރިކަމާ ދެކޮޅަށް އެމްޑީޕީން މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މުޒާހަރާއެކެވެ.

މި މުޒާހަރާގެ ތައްޔާރީތައް ފޯރިއާއެކު ކުރިއަށްދާއިރު، އިއްޔެ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، މުޒާހަރާއާ ގުޅޭ ޕޯސްޓަރުތައް ހަރުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މާދަމާ ރޭ 8:30 ގައި ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މި މުޒާހަރާއަކީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ބާއްވާ ވަރުގަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

​މުޅި ރާއްޖޭގައި ކުރިއަށް ދާނެ މި ހަރަކާތްތަކާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާގެ ބިރަށް އެ ޕާޓީން ފަސްނުޖެހޭނެ ކަމަށާއި އެފަދަ އަމަލުތަކާ ދެކޮޅަށް އެމްޑީޕީން ސާބިތުކަމާއެކު ތެދުވާނެ ކަމަށެވެ.

އެމްޑީޕީގެ ޕާޓީގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވަކިން ހާއްސަކޮށް، ތަރައްގީގެ މުހިންމު މަޝްރޫއުތައް މަޑުޖެހިފައި އޮތުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން، އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް އުފުލަމުންދާ ދައުވާތަކުގެ މައްސަލަ އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު