ކުރީގެ ސަރުކާރުން ސަރުކާރުގެ ކުންފުނިތަކަށް، ޚާއްޞަކޮށް ފެނަކަ ކޯޕަރޭޝަނަށް ބޮޑެތި އަދަދުތަކުން މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަހަށްދާ މީހުންގެ އަދަދު ދަށްވެފައިވާ މައްސަލައިގައި ރަސްމީ ސާވޭއެއް މިހާތަނަށް ކުރެވިފައި ނެތް ނަމަވެސް، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެކަމުގެ ހަގީގީ އަދަދުތައް ބެލުމަށް ސާވޭއެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ މިދިޔަ ސަރުކާރު ދުވަސްވަރު ސަރުކާރުގެ ކުންފުނިތަކަށް ހާއްސަކޮށް، ފެނަކަޔަށް ރަށްރަށުގައި މަސައްކަތްކުރާނެ ޒުވާނުން، މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރަމުންދިޔަ މަސައްކަތްކުރާނެ ދިވެހި ޒުވާނުންނަށް ވަޒީފާދީގެން އެތަނަށް ވެއްދީމައި ވަރަށް ފަސޭހަ އާމްދަނީއެއް އެއީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށުގައި ހުރެގެންނާއި ގޭގައި ހުރެގެން ރަނގަޅު މުސާރައެއް ލިބޭނެ ފަސޭހަ ގޮތްތަކެއް މަސްވެރި ޒުވާނުންނަށް މަގުފަހިވުމުން، ގިނަ ބަޔަކު އެ ގޮތް ޚިޔާރުކުރިއެވެ. އަދި ކުރީ ސަރުކާރުން ފެނަކައަށް އެތައް ހާސް ބަޔަކު ވެއްދިއިރު، އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ މީހުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލާ އެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އައިސް، ކުރިއާ އަޅާބަލާއިރު ގިނަ ބަޔަކު މަސްދޯނިތައް ވިއްކާލުމުން މިހާރު މަސްދޯނިތަކުގެ އަދަދު ވަރަށް މަދުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް ޚާއްޞަކޮށްގެން ގެނައި މި އެޕިސޯޑުގައި ރައީސް ވިދާޅުވީ، މަސްވެރިކަމަށް ދިމާވެފައިވާ މި ހީނަރުކަމުން އަރައިގަނެ، އެ ސިނާއަތް އަލުން ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން މިހާރު އަނެއްކާވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

MAR
ކިޔުންތެރިންގެ ހިޔާލު