މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ފޯރުކޮށްދޭ އެއްވެސް ސަޕޯޓަކީ މަސްވެރިކަމުގައި ހީވާގިކަމާއެކު އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް ސީދާ ފައިދާހުރި، އަދި އިތުރު ދިވެހިން މި ސިނާއަތުގައި ދެމިތިބުމަށް ހިތްވަރު ލިބޭނެ ފަދަ އޮނިގަނޑަކަށް ވާންޖެހޭ ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޕޯސްޓެއް ކުރައްވަމުން ފިރާގު ވިދާޅުވީ، ޓެކްސް ލުއިތަކާއި ސަބްސިޑީގެ ފައިދާ އާންމު މަސްވެރިޔާއަށްވުރެ ބޮޑަށް އުޅަނދުފަހަރުގެ ވެރިންނަށް ލިބެމުންދާ ކަމަށާއި، މަސްވެރި އުޅަނދުތަކުގެ 80 އިންސައްތަ ބިދޭސީންނަށް ބަރޯސާވެފައިވާއިރު ދިވެހި މަސްވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ. އެހެންކަމުން، އާންމު ފައިސާއާއި ޓެކްސްގެ އާމްދަނީއަކީ މަސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ ދުޅަހެޔޮކަމަށާއި ދިގުމުއްދަތުގެ ދެމެހެއްޓެނިވިކަމަށް ސީދާ އެހީތެރިވެދޭ އެއްޗަކަށް ހެދުމަށްޓަކައި، މިހާރު ދެވޭ އިނާޔަތްތައް އަލުން ފަރުމާކޮށް، ދިވެހިން މި ސިނާއަތުގައި ދެމިތިބުމަށް ހިތްވަރު ލިބޭނެ ފަދަ ހަރުދަނާ އޮނިގަނޑެއް ސަރުކާރުން އެކުލަވާލަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އާންމު ފައިސާއާއި ޓެކްސްގެ އާމްދަނީ މަސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ އާމްދަނީއާއި ދުޅަހެޔޮކަމާއި ދިގުމުއްދަތުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް މާ ފައިދާހުރި ގޮތެއްގައި އަމާޒުކުރެވޭނެ ގޮތަށް މި އިނާޔަތްތައް އަލުން ފަރުމާކުރަންވީ ވަގުތު ޖެހިއްޖެ،" ފިރާގު ވިދާޅުވިއެވެ.

PAR
ކިޔުންތެރިންގެ ހިޔާލު