ހަކުރުބަލީގެ މައްސަލަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކަށް ކުރިމަތިވަމުންދާ ސިއްހީ ބޮޑު ގޮންޖެހުމެކެވެ. ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި، ހަކުރުބަލި ހުންނަ މީހުން ކެއުމުގެ އާދަކާދަތަކަށް ސަމާލުކަން ނުދީފިނަމަ، އޭގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރާނެ އެއް ގުނަވަނަކީ ކިޑްނީ އެވެ. ދާދިފަހުން ޝާއިއުކޮށްފައިވާ ސިއްހީ ރިޕޯޓެއްގައިވާ ގޮތުން، ހަކުރުބަލީގެ ބަލިމީހުންނަށް ނޭނގި ނަމަވެސް ކުރެވޭ އާދައިގެ 4 ކަމެއްގެ ސަބަބުން ކިޑްނީ ދާއިމީކޮށް ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.
ފުރަތަމަ ކަމަކީ، ޕްރޮސެސްކޮށްފައިވާ ކާނާ ނުވަތަ 'ޕްރޮސެސްޑް ފުޑް' ގިނައިން ބޭނުންކުރުމެވެ. މިފަދަ ކާނާތަކުގައި ގިނަ އަދަދަކަށް ސޯޑިއަމް އަދި ފޮސްފަރަސް ހިމެނެއެވެ. ހަކުރުބަލީގެ މީހުންގެ ކިޑްނީއަށް މި މާއްދާތައް ފުރޭނުމަށް ބުރަބޮޑުވެ، ވަގުތުންނާއި ދިގުމުއްދަތުގައި ގުރުދާއަށް ބޮޑެތި ގެއްލުންތަކެއް ލިބެން މެދުވެރިވެއެވެ.
ދެވަނަ ކަމަކީ، ލޮނު ގިނައިން ބޭނުންކުރުމެވެ. ކާނާގައި ލޮނު ގިނަވުމަކީ ލޭގެ ޕްރެޝަރު މަތިވާ ކަމެކެވެ. ހަކުރުބަލީގެ އިތުރުން ލޭގެ ޕްރެޝަރު މަތިވުމަކީ ކިޑްނީގެ މަސައްކަތް ހުއްޓުމަކަށް އައުމަށް މެދުވެރިވާ މައިގަނޑު ސަބަބެކެވެ. އެހެންކަމުން، ކެއުމުގައި ލޮނުގެ މިންވަރު މަދުކުރުމަކީ ކިޑްނީގެ ދިފާއުގައި ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ.
ތިންވަނަ ކަމަކީ، ޕްރޮޓީން މާ ގިނައިން ބޭނުންކުރުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރޮޓީންއަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް، ހަކުރުބަލި ހުންނަ މީހުން މާ ގިނައިން ޕްރޮޓީން ބޭނުންކުރުމުން، ކިޑްނީގެ ފިލްޓްރޭޝަން ސިސްޓަމަށް ބާރުބޮޑުވެ، ޑައިބެޓިކް ނިއުރޯޕަތީ ޖެހުމަށް މަގުފަހިވެއެވެ. އެހެންކަމުން، ޕްރޮޓީން ބޭނުންކުރަންވާނީ ޑޮކްޓަރުން ލަފާދޭ ވަކި މިންވަރަކަށެވެ.
ފަހު ކަމެއްގެ ގޮތުގައި މާހިރުން ފާހަގަކުރަނީ، ފޮނި ބުއިންތަކާއި އާޓިފިޝަލް ހަކުރު ހިމެނޭ ތަކެތި ބޭނުންކުރުމެވެ. މިފަދަ ބުއިންތަކުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވެ، ކިޑްނީގެ ނާރުތަކަށް ގެއްލުންވެއެވެ. ހަކުރުބަލީގެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މި ބުނެވުނު 4 ކަންތަކަށް ސަމާލުވެ، ދުވަހުން ދުވަހަށް ކެއުމުގެ އާދަކާދަ ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

JPN
ކިޔުންތެރިންގެ ހިޔާލު