ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލުމާއި، ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިންފްލޭޝަން މަތިވެ، ފަގީރުކަން އިތުރުވެދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފިއެވެ.
ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 6 އިންސައްތައަށް އުފުލޭނެއެވެ. އަދި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، 2028 ވަނަ އަހަރާ ހަމައަށް ވެސް އިންފްލޭޝަން 4 އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މި ހާލަތުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ އަތްމަތީގައި ހުރި ފައިސާގެ އަގު ދަށްވެ، 2025 ވަނަ އަހަރު 7.7 އިންސައްތައިގައި ހުރި ފަގީރުކަމުގެ ނިސްބަތް، 2026 ވަނަ އަހަރު 7.9 އިންސައްތައަށް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ބަދަލުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށެވެ.
ވަޒީފާގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. ޚާއްޞަކޮށް ޚިދުމަތްތަކުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތު ގަޑި މަދުވުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ފެށުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އޭގެ އަސަރު ކުރާނެ ކަންކަމެވެ. އެ ބޭންކުން ހާމަކުރި ގޮތުގައި، ރާއްޖޭގެ އާބާދީގެ 48.9 އިންސައްތަ މީހުންނަކީ ފަގީރުކަމުގެ ރޮނގު މަތީގައި ތިބި މީހުން ކަމަށްވުމުން، އިގްތިސާދަށް އަންނަ ކުޑަ ލޮޅުމަކުން ވެސް އެ ފަރާތްތައް ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ ބޮޑެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ހާލަތާމެދު ވެސް ވޯލްޑް ބޭންކުން ވަނީ ސީރިއަސް ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، 2026 އިން 2028 އަށް ޚަރަދުތަކަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމާއި، ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން، 2026 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 10.9 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ހުރިހާ ސަބަބުތަކާ ހުރެ، މެދު ރާސްތާގައި ރާއްޖޭގެ ދައުލަތުގެ ދަރަނި ޖީޑީޕީގެ 140 އިންސައްތައަށް ވުރެ މައްޗަށް ދާނެ ކަމުގެ އިންޒާރު ވެސް އެ ބޭންކުން ވަނީ ދީފައެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު