މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު 2 މީހަކު ރާއްޖެއިން ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ނިމިގެން ދިޔަ ހަފްތާގައި އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިވަގުތުވެސް އިތުރު ކޭސްތަކެއްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ 22 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ހިމަބިހި ޖެހިފައިވާ ބަލިމީހުން ފެންނަމުންދާތީ، ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އެމީހުންނާއި ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އަދި މި ވޭދަނަތައް މޮނިޓަރކޮށް ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު