މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރަށްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ބުނީ އެމްޓީސީސީގެ ޗެއަރޕާސަން ކަމުގެ މަޤާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އައްޔަނު ކުރަށްވާފައިވަނީ ދަޕްތަރު ނަންބަރު ރސ 14819، ސަޢާދާ އިބްރާހިމް ކަމަށެވެ.
ސަޢާދާ އެ މަޤާމަށް އައްޔަނުކުރަށްވާފައިވަނީ މިއަދުން ފެށިގެންނެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށް ބެލެވެއެވެ.
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ މުޙައްމަދު އަފީފް ޙުސައިންނެވެ. އޭނާ މިހާރު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ޤާބިލު ބޭފުޅުން އައްޔަނު ކުރަށްވަމުންނެވެ. އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ އަދި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު