ވެނެޒުއޭލާއަށް ވަރުގަދަ ދެ ބިންހެލުން
ވެނެޒުއޭލާއަށް ވަރުގަދަ ދެ ބިންހެލުން
ވެނެޒުއޭލާއަށް ވަރުގަދަ ދެ ބިންހެލުން އައިސް، އެ ގައުމުގެ ވެރިރަށް ކަރަކަސްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެފައިވާކަމަށާއި މަރުވިމީހުންގެ އަދަދު 100،000 އަށް އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކުރި ގޮތުގައި، ފުރަތަމަ ބިންހެލުން އައިސްފައިވަނީ 7.2 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އޭގެ އެއް މިނެޓުވެސް ނުވަނީސް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުމެއް ވަނީ އައިސްފައެވެ.

މި ހާދިސާއާ ގުޅިގެން ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރިކަވަރީ މަސައްކަތްތަކަށް ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ގެއްލުންތައް ފުޅާދާއިރާއެއްގައި ހުރެދާނެ ކަމަށާއި، ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ އަދަދެއްގެ މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޔޫއެސްޖީއެސް އިން އިންޒާރު ދެއްވަމުން އެ އިދާރާއިން ހާމަކުރި ގޮތުގައި

އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދަކީ 10،000 އެވެ. ނަމަވެސް މިހާރު އެދަދު 100،000 އަރާނެ ކަމަށް ލަވާކުރެވޭ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ސަލާމަތީ ފައުޖުތަކުން އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ވެނެޒުއޭލާގެ އެކި ސަރަހައްދުތަކުގައި ރެސްކިއު އޮޕަރޭޝަންތައްވެސް ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު